މަސްޖިދުލް އަޤްޞާއަކީ އިސްލާމީ އުންމަތުގެ މުގައްދަސް ބިމެކެވެ. ނަމަވެސް، މިއަދު ފެންނަމުންދަނީ ޒަޔަނިސްޓް އިޒްރޭލުގެ އަނިޔާވެރި ވެރިކަމުން އެ މުގައްދަސް ބިނާ ނައްތާލައި، އެތަނުގައި ޔަހޫދީންގެ “ތާޑް ޓެމްޕަލް” ނުވަތަ ފައްޅިއެއް ބިނާކުރުމަށް ކުރަމުންދާ ނުބައި ރޭވުންތަކެވެ. މި ރޭވުންތަކުގެ އަސްލު ގުޅިފައިވަނީ އެމީހުންގެ ބާތިލް އަގީދާތަކާއި، އަލް-މަސީހުއް ދައްޖާލު އައުން އަވަސްކުރުމުގެ މަކަރުވެރި މަސައްކަތްތަކާއެވެ.
މިކަމުގެ ހަގީގަތް ހާމަވެގެންދާ އެންމެ ބޮޑު އެއް ހެއްކަކީ 18 ނޮވެންބަރ 1990 ވީ އާދީއްތަ ދުވަހު ހިނގާދިޔަ ހާދިސާއެކެވެ. އެ ދުވަހު ޓެރަރިސްޓް އިޒްރޭލުގެ އަނިޔާވެރި ވެރިޔާ ބެންޖަމިން (ބުންޔާމީން) ނަތަންޔާހޫ، ޔަހޫދީންގެ ރޫޙާނީ ލީޑަރެއް ކަމުގައިވާ ރަބާއީ މެނާކެމް މެންޑެލް ޝްނިއަރސަންއާ ބައްދަލުކުރިއެވެ. މި ބައްދަލުވުމުގައި ނަތަންޔާހޫ އެދުނީ އޭނާގެ ފަރުދީ އަދި ސިޔާސީ ހަޔާތުގައި ބަރަކާތް ލެއްވުމަށެވެ.
އެހިނދު، އެ ރާހިބު ކަލާނގެ ނަތަންޔާހޫއަށް ދިން އިރުޝާދަކީ މުޅި އިސްލާމީ އުންމަތް ސަމާލުވާންޖެހޭ ފަދަ ނުރައްކާތެރި ވާހަކަތަކެކެވެ. ރާހިބު ބުންޏެވެ.
“އެންމެ ފަހުން ބައްދަލުވިފަހުން އެތައް ކަމެއް ވަނީ ކުރިއަރާފައެވެ. ނަމަވެސް ބަދަލެއް ނާންނަ ކަމަކީ މަސީހު (އަލް-މަސީހުއް ދައްޖާލް) އައިސްފައި ނެތުމެވެ. އެހެންކަމުން، އޭނާ ގެނައުން އަވަސްކުރުމަށް ކަމެއް ކުރާށެވެ!”
މިއީ ޔަހޫދީންގެ ހިތްތަކުގައި އޮތް އަސްލު މަގުސަދު ހާމަވެގެންދިޔަ ވަގުތެކެވެ.
މި ވާހަކައަށް ޖަވާބު ދެމުން، ޓެރަރިސްޓް ނަތަންޔާހޫ ބުނީ
“އަހަރެމެން އެބަ ކުރަމެވެ.”
މިއިން ދޭހަވަނީ އިޒްރޭލުގެ ސިޔާސީ ނިޒާމާއި، އެމީހުން ފަލަސްތީނުގެ ބިމުގައި ހިންގާ ޖަރީމާތަކަކީ ސީދާ ދައްޖާލަށް މަގުކޮށުމަށް ކުރާ މަސައްކަތްތަކެއް ކަމެވެ. ނަމަވެސް، ރާހިބުގެ ޖަވާބަކީ މިއަށްވުރެ ވެސް ބިރުވެރި ޖަވާބެކެވެ. އޭނާ ބުންޏެވެ.
“ފެންނަ ފެނުމުގައި ތިކުރާ މަސައްކަތް އަދި ނުފުދެއެވެ!”
މީގެ އިތުރުން، ސީއެންއެންގެ ރިޕޯޓަރަކު އަލް-މަސީޙްއާ ބެހޭ ގޮތުން މުޅި ދުނިޔެއަށް ދޭނެ މެސެޖަކީ ކޮބައިތޯ އެހުމުން ހަމަ މި ރާހިބު ބުނެފައިވަނީ، “މަސީހު (އައް-ދައްޖާލް) މިހާރު އަންނަން ތައްޔާރަށް އެބަހުރި. އަޅުގަނޑުމެން އެންމެން ވެސް ކުރަންވީ ކަމަކީ ހެޔޮކަމާއި އޯގާތެރިކަމުގެ ދާއިރާއިން އިތުރު ކަމެއް ކުރުން،” ކަމަށެވެ. އެމީހުން އެބުނާ އޯގާތެރި ކަމަކީ މަސްޖިދުލް އަޤްޞާ ތަޅާލުމަށް ފަހު އެތަނުގައި އެމީހުންގެ ކަލާނގެ ފައްޅި ބިނާކުރުމެވެ. ސެޕްޓެންބަރ 2023 ގައި ސީބީއެން އިން ނެގި އިންޓަވިއުއެއްގައި ޔަހޫދީން ބުނަމުން ދަނީ، މިހާރު އެ ފައްޅި އެޅުމުގެ މަސައްކަތް ދަނީ ވަރަށް ކުރިއަށް ގޮސްފައި ކަމަށެވެ.
ޔަހޫދީންގެ ފްރީމޭސަނު މުލްޙިދުން، އިބްލީސް އަށް އަޅުކަންކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެމީހުންގެ “މަސީހު” ނުވަތަ މުސްލިމުން ގަބޫލުކުރާ ގޮތުގައި “ދައްޖާލު” ފާޅުވާނީ މަސްޖިދުލް އަޤްޞާ ތަޅާލައި، އެ ބިމުގައި އެމީހުންގެ ފައްޅި ބިނާކުރުމުންނެވެ. ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުން މިއަދު ގުދުސްގައި ހިންގަމުންދާ އުދުވާންތަކާއި، އަޤްޞާ މިސްކިތުގެ ދަށުން ކޮންނަމުންދާ ބޮޑެތި ވަޅުގަނޑުތަކަކީ މި ދެންނެވި ނުބައި ރޭވުމުގެ ބައެކެވެ.
ދުނިޔޭގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި އެކި ސިޔާސީ ބަހަނާތައް ދެއްކި ނަމަވެސް، އިޒްރޭލުގެ އަސްލު އަމާޒަކީ ލާދީނީ ލާއިލާހީ މުލްޙިދު ހަރުކަށި ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އެއީ މުސްލިމުންގެ ގިބުލަ ނައްތާލައި، އިސްލާމީ އުންމަތް ބަލިކަށިކޮށް، ދައްޖާލުގެ ވެރިކަމަކަށް ދުނިޔެ ތައްޔާރުކުރުމެވެ. ޓެރަރިސްޓް ނަތަންޔާހޫ ފަދަ އަނިޔާވެރިންގެ ނުބައި ރޭވުންތައް ބާތިލްކުރުމަށްޓަކައި މުސްލިމުންގެ އަގީދާ ވަރުގަދަކޮށް، މި މުގައްދަސް ބިނާގެ ހިމާޔަތުގައި ތެދުވަން ޖެހެއެވެ.

