ދުނިޔޭގެ އެކި ދީންތަކުގެ މެދުގައި ފަހުޒަމާނުގައި ހިނގާނެ ކަންތަކާއި ގުޅޭގޮތުން ތަފާތު ޢަޤީދާތަކާއި ތަޞައްވުރުތަކެއް ހުރެއެވެ. މީގެ ތެރެއިން ޔަހޫދީ ދީނުގެ ޢިލްމުވެރިން ނުވަތަ ރަބައީން ދައްކާފައިވާ ވާހަކަތަކަކީ މިއަދު ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ކަންކަމެވެ. މިގޮތުން ޔަހޫދީ ރާހިބެއް ކަމަށްވާ ޑޭވިޑް ޓުއިޓޫ (David Touitou) ދައްކާފައިވާ ވާހަކަތަކަކީ މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މިސާލެވެ.
ރައްބީ ޑޭވިޑް ޓުއިޓޫ ހާމަކޮށްފައިވާ ގޮތުގައި، ޔަހޫދީން އިންތިޒާރުކުރާ މަސީޙު (އައް-ދައްޖާލް) (The Mashiach) އަންނާނީ ވަކި ޚާއްޞަ ކަންތައްތަކެއް ފުރިހަމަވުމަށްފަހުގައެވެ. އޭނާގެ ބަހުން ނަމަ، “މަސީޙު އަންނާނީ އެޑަމް (Edom) ނުވަތަ ޔޫރަޕާއި ނަޞާރާދީން މުޅިން ފަނާވެ ނެތިދިއުމަށްފަހުގައެވެ.” މި ބަސްތަކުން ދޭހަވަނީ ޔަހޫދީންގެ ބައެއް ހަރުކަށި ފިކުރުތަކުގައި ރަޝިއާއާއި އެމެރިކާއާއި ޔޫރަޕާއި ނަޞާރާދީނަކީ އެމީހުންގެ މަސީޙު އައުމަށް އޮތް ހުރަހެއްގެ ގޮތުގައި ދެކޭ ކަމެވެ.
މީގެ އިތުރުން، ޔޫރަޕަށް އިސްލާމްދީން ފެތުރި، މުސްލިމުން އެ ބައްރަށް ހިޖުރަކުރުމާ ގުޅޭގޮތުންވެސް ޓުއިޓޫ ވަނީ އާދަޔާ ޚިލާފު ވާހަކަތަކެއް ދައްކާފައެވެ. އޭނާ ބުނެފައިވަނީ، “އިސްލާމްދީން ޔޫރަޕަށް ފެތުރިގަތުމަކީ (Invasion) އުފާވެރި ޚަބަރެއް ހެއްޔެވެ؟ އާނއެކެވެ. އެއީ ވަރަށް އުފާވެރި ޚަބަރެކެވެ. އޭގެ މާނައަކީ މަސީޙު ވަޑައިގަންނަވާ ވަގުތު ކައިރިވަނީއެވެ.” މި ވާހަކައިގެ މަޤްޞަދަކީ އިސްލާމްދީނަށް ލޯތްބެއް އޮތުމެއް ނޫނެވެ. އޭގެ ބަދަލުގައި، އޭނާ ދެކޭގޮތުގައި އިސްލާމްދީން ޔޫރަޕަށް ފެތުރުމުގެ ސަބަބުން، އޭނާ އެ ބުނާ “އެޑަމް” ނުވަތަ ރޯމު ނަޞާރާ ސަގާފަތް ހަލާކުވެ، އެމީހުންގެ ދީނީ މަޤްޞަދު ޙާޞިލުވުމަށް މަގުފަހިވާނެއެވެ.
މިފަދަ ބަޔާންތަކުން ހާމަވަނީ ބައެއް ޔަހޫދީ ދީނީ ލީޑަރުންގެ މެދުގައި ހުރި ހަރުކަށި އަދި ނުރައްކާތެރި ފިކުރުތަކެވެ. އެމީހުންގެ އަމިއްލަ ދީނީ ޢަޤީދާތަކެއްގެ މައްޗަށް ބިނާކޮށް، މުޅި ދުނިޔޭގެ ސިޔާސީ އަދި ދީނީ މަސްރަޙު ބަދަލުވެގެންދިއުމަށް އެމީހުން އެދެއެވެ. ޚާއްޞަކޮށް ޔޫރަޕްގެ ޤައުމުތަކަށް އަންނަ ބަދަލުތަކަކީ އެމީހުންގެ މަސީޙު އައުމުގެ “އުފާވެރި” ސިގްނަލެއްގެ ގޮތުގައި ސިފަކުރުމަކީ، އެހެން ދީންތަކާއި ސަގާފަތްތަކުގެ މައްޗަށް އެމީހުންގެ އޮތް ނަފްރަތާއި، އެމީހުންގެ ސިޔާސީ އެޖެންޑާ ހާމަވާ ކަމެކެވެ.
ނިންމާލަމުން ދަންނަވާނީ، ރައްބީ ޑޭވިޑް ޓުއިޓޫގެ މި ވާހަކަތަކަކީ ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ކަންކަމުގެ ފަހަތުގައިވާ ދީނީ އަދި ފިކުރީ ކޯޅުންތައް ދޭހަކޮށްދޭ މުހިންމު ހެއްކެކެވެ. އެމީހުންގެ މަސީޙު އައުމުގެ ޔޫރަޕާއި ނަޞާރާދީން ފަނާވާންޖެހޭ ކަމަށް ދެކޭ ދެކުމަކީ، މިއަދުގެ ދުނިޔޭގައި ހިނގަމުންދާ ގިނަ ހަމަނުޖެހުންތަކާއި ރޭވުންތަކުގެ އަސްލާ ގުޅިފައިވާ ކަމެއް ކަމެކެވެ. ޔަހޫދީން އެމެރިކާއާއި ރަޝިއާ އަދި ޔޫރަޕުގެ ނަޞާރާއިން ނެތި، އެމީހުންގެ ބާރު ގެއްލިގެން ގޮސް، ޔަހޫދީ އިޒްރޭލަށް ދުނިޔޭގެ ބާރު ލިބުމަށް ކުރާ މަސައްކަތުގެ ތެރެއިން ދެކެވޭ ވާހަކަތަކަކީ މިއަދު ފެންނަނީ އޭގެ މަލިމަތި ކަމުގައިވުން އެކަށީގެންވެެވެ. ހަޤީޤަތުގައި އިޒްރޭލުގައި ވެރިކަމުގައި އޮތް ބަޔަކީ ޝައިތޯނާއަށް އަޅުކަންކުރާ މުލްޙިދުންގެ، ދީން ޤަބޫލު ނުކުރާ ޔަހޫދީންގެ ޖަމާޢަތެކެވެ.
އިރާނުގެ ޔަހޫދީން ދައްޖާލަށް ތަބަޢަވާނެކަން

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: «يَتْبَعُ الدَّجَّالَ مِنْ يَهُودِ أَصْبَهَانَ . سَبْعُونَ ألْفًا عَلَيْهِم الطَّيَالِسَةُ»
(މާނަ: “ދައްޖާލުގެ ފަހަތުން (#އިރާނުގެ) އަޞްބަހާނުގެ ޔަހޫދީންގެ ތެރެއިން ހަތްދިހަ ހާސް މީހުން ދާނެއެވެ. އެބައިމީހުންގެ ބޮލުގައި ހުންނާނީ ޠަޔާލިސަތު (ފޭލިގެ ބާވަތެއް) އެވެ.”) – ޞަޙީޙު މުސްލިމް
ފަހުޒަމާނުގައި ބަނީ އިސްޙާޤު ވަންހައިގެ މީހުން ކޮންސްޓަންޓިނޯޕަލް ފަތަޙަކުރުމާއި ދައްޖާލު ފާޅުވުން
حدثنا قتيبة بن سعيد حدثنا عبد العزيز يعني ابن محمد عن ثور وهو ابن زيد الديلي عن أبي الغيث عن أبي هريرة أن النبي صلى الله عليه وسلم قال سمعتم بمدينة جانب منها في البر وجانب منها في البحر قالوا نعم يا رسول الله قال لا تقوم الساعة حتى يغزوها سبعون ألفا من بني إسحق فإذا جاءوها نزلوا فلم يقاتلوا بسلاح ولم يرموا بسهم قالوا لا إله إلا الله والله أكبر فيسقط أحد جانبيها قال ثور لا أعلمه إلا قال الذي في البحر ثم يقولوا الثانية لا إله إلا الله والله أكبر فيسقط جانبها الآخر ثم يقولوا الثالثة لا إله إلا الله والله أكبر فيفرج لهم فيدخلوها فيغنموا فبينما هم يقتسمون المغانم إذ جاءهم الصريخ فقال إن الدجال قد خرج فيتركون كل شيء ويرجعون حدثني محمد بن مرزوق حدثنا بشر بن عمر الزهراني حدثني سليمان بن بلال حدثنا ثور بن زيد الديلي في هذا الإسناد بمثله
އަބޫ ހުރައިރާ ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. “އެއްބައި އެއްގަމުގައި އަދި އަނެއްބައި ކަނޑުގައި އޮންނަ ރަށެއްގެ ޚަބަރު ތިޔަބައިމީހުންނަށް ލިބިފައިވޭ ހެއްޔެވެ؟” އެބޭކަލުން ދެންނެވިއެވެ: “އާދެ، އޭ ﷲގެ ރަސޫލާއެވެ!” ޙަދީޘް ކުރެއްވިއެވެ: “ބަނީ އިސްޙާޤު ވަންހައިގެ ހަތްދިހަ ހާސް މީހުން އެ ރަށަށް ހަނގުރާމައަށް ދަންދެން ޤިޔާމަތް ނުވާހުއްޓެވެ. ފަހެ، އެބައިމީހުން އެ ރަށަށް އައިސް މަޑުކޮށްލާ ހިނދު، އެއްވެސް ހަތިޔާރަކުން ހަނގުރާމައެއް ނުކުރާނެއެވެ. އަދި އެއްވެސް ތީރެއްވެސް އުކައެއް ނުލާނެއެވެ. އެބައިމީހުން ‘لا إله إلا الله والله أكبر’ (ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ. އަދި ﷲއީ އެންމެ ބޮޑުކަމަށްވޮޑިގެންވާ އިލާހެވެ) މިފަދައިން ބުނާނެއެވެ. އެހިނދު އެ ރަށުގެ އެއްފަރާތް ވެއްޓޭނެއެވެ.” (ރިވާކުރެއްވި ބޭކަލެއްކަމަށްވާ)ޘައުރު ވިދާޅުވިއެވެ: “އެއީ ކަނޑާވީ ފަރާތް ކަމަށް ނޫނީ ތިމަންކަލޭގެފާނަށް އެނގިވަޑައިގެންފައެއް ނުވެއެވެ.” “ދެން ދެވަނަ ފަހަރަށްވެސް ‘لا إله إلا الله والله أكبر’ އޭ އެބައިމީހުން ބުނާނެއެވެ. އެހިނދު އަނެއް ފަރާތްވެސް ވެއްޓޭނެއެވެ. ދެން ތިންވަނަ ފަހަރަށް ‘لا إله إلا الله والله أكبر’ އޭ ބުނާ ހިނދު، އެބައިމީހުންނަށްޓަކައި މަގު ހުޅުވިގެންދާނެއެވެ. ފަހެ، އެބައިމީހުން އެ ރަށަށް ވަދެ ޣަނީމާ މުދާ ހޯދާނެއެވެ. އެބައިމީހުން ޣަނީމާ މުދާ ބަހަން ތިއްބައި، ކުއްލިއަކަށް މީހަކު އައިސް، ދައްޖާލު ފާޅުވެއްޖެ ކަމުގެ ޚަބަރުދޭނެއެވެ. އެހިނދު އެބައިމީހުން ހުރިހާ އެއްޗެއް ދޫކޮށްލާފައި އެނބުރި (ޝާމް ކަރައަށް) ދާނެއެވެ.”
މި ހަދީޘްގައި ބަޔާންވެގެންވާ “ބަނީ އިސްޙާޤު” (އިސްޙާޤު ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅު) އާ ބެހޭގޮތުން އިބްނު ކަޘީރު އެކަލޭގެފާނުގެ ފޮތް “النهاية في الفتن والملاحم” ގައި ލިޔުއްވާފައިވެއެވެ (ޔޫސުފް ބިން ޢަބްދުﷲ އަލް-ވާބިލްގެ “أشراط الساعة” މެދުވެރިކޮށް ނަގާފައިވާ ނަކަލެއް):
“މިއީ ޒަމާން ނިމޭކޮޅުގައި ރޫމީން (ޔޫރަޕްގެ މީހުން) އިސްލާމްވާނެ ކަމުގެ ދަލީލެކެވެ. އަދި ކޮންސްޓަންޓިނޯޕަލް (އިސްތަންބޫލް) ފަތަޙަވެގެންދާނީ އެބައިމީހުންގެ އަތްމަތިން ކަމުގައި ވުމީ އެކަށީގެންވާ ކަމެކެވެ. އެއީ އިސްވެދިޔަ ހަދީޘްގައި ބަނީ އިސްޙާޤުގެ ހަތްދިހަ ހާސް މީހުން އެ ރަށަށް ހަނގުރާމައަށް ދާނެ ކަމަށް ބަޔާންވެފައިވާ ފަދައިންނެވެ.”
އިބްނު ކަޘީރު އެކަލޭގެފާނުގެ ހަމަ އެ ފޮތުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، “އައްރޫމް” (ރޫމީން) އަކީ އިބްރާހީމް ޚަލީލުﷲ ޢަލައިހިއްސަލާމްގެ ދަރިކަލުން އިސްޙާޤު ޢަލައިހިއްސަލާމްގެ ދަރިކަލުން އަލް-ޢީޞްގެ ދަރިފަސްކޮޅުން އައިސްފައިވާ ބައެކެވެ.
އަދި ޞަޙީޙް މުސްލިމްގައިވާ، މިކަމުގެ މައްޗަށް އިތުރަށް އަލިކޮށްދޭ އެހެން ޙަދީޘެއްގައި އަބޫ ހުރައިރާ ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ:
لا تقوم الساعة حتى ينزل الروم بالأعماق أو بدابق فيخرج إليهم جيش من المدينة من خيار أهل الأرض يومئذ فإذا تصافوا قالت الروم: خلوا بيننا و بين الذين سبوا منا نقاتلهم فيقول المسلمون: لا و الله لا نخلي بينكم و بين إخواننا فيقاتلونهم فينهزم ثلث لا يتوب الله عليهم أبدا و يقتل ثلث هم أفضل الشهداء عند الله و يفتتح الثلث لا يفتنون أبدا ; فيفتتحون القسطنطينية فبينما هم يقتسمون الغنائم قد علقوا سيوفهم بالزيتون إذ صاح فيهم الشيطان: إن المسيح قد خلفكم في أهليكم فيخرجون و ذلك باطل فإذا جاءوا الشام خرج فبينما هم يعدون للقتال يسوون الصفوف إذ أقيمت الصلاة فينزل عيسى بن مريم فأمهم فإذا رآه عدو الله ذاب كما يذوب الملح في الماء فلو تركه لا نذاب حتى يهلك و لكن يقتله الله بيده فيريهم دمه في حربته
“ރޫމީން (ޔޫރަޕްގެ މީހުން) އަޢްމާޤް ނުވަތަ ދާބިޤް (ޝާމްކަރައިގެ ދެ ސަރަޙައްދެއް) އަށް ފައިބައިފުމަށް ދާންދެން ޤިޔާމަތް ނުވާހުއްޓެވެ. އެހިނދު އެބައިމީހުންނާ ކުރިމަތިލުމަށްޓަކައި، އެދުވަސްވަރު ބިމުގައިވާ އެންމެ ހެޔޮލަފާ މީހުންގެ ތެރެއިން ހިމެނޭ މަދީނާގެ ލަޝްކަރެއް ނުކުންނާނެއެވެ. ފަހެ، އެ ދެ ލަޝްކަރު ހަނގުރާމައަށް ސަފުތައް އަތުރާލާ ހިނދު، ރޫމީން ބުނާނެއެވެ. ‘ތިމަންމެންގެ ތެރެއިން ހައްޔަރުކުރެވުނު (ނުވަތަ އިސްލާމްވި) މީހުންނާ ތިމަންމެންނާ ދެމެދުން ދުރަށް ޖެހޭށެވެ. ތިމަންމެން އެބައިމީހުންނާ ހަނގުރާމަ ކުރާ ހުއްޓެވެ.’ އެހިނދު މުސްލިމުން ބުނާނެއެވެ. ‘ނޫނެކެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންމެންގެ އަޚުންނާއި ތިޔަބައިމީހުންނާ ދެމެދުން ތިމަންމެން ދުރަކަށް ނުޖެހޭނަމެވެ.’ ދެން އެބައިމީހުން ހަނގުރާމަ ކުރާނެއެވެ. އެހިނދު (މުސްލިމުންގެ) ލަޝްކަރުގެ ތިންބައިކުޅަ އެއްބައި މީހުން ބަލިވެގެން ފިލާނެއެވެ. އެބައިމީހުންގެ ތައުބާ ﷲ ދުވަހަކުވެސް ޤަބޫލު ނުކުރައްވާނެއެވެ. އަދި ތިންބައިކުޅަ އެއްބައި މީހުން ޝަހީދުވާނެއެވެ. އެބޭކަލުންނަކީ ﷲގެ ޙަޟްރަތުގައި އެންމެ ހެޔޮވެގެންވާ ޝަހީދުންނެވެ. އަދި އަނެއް ތިންބައިކުޅަ އެއްބައި މީހުން ފަތަޙަ ހޯދާނެއެވެ. އެބައިމީހުން ދުވަހަކުވެސް ފިތުނައެއްގައި ނުޖެހޭނެއެވެ. ފަހެ، އެބައިމީހުން ކޮންސްޓަންޓިނޯޕަލް (ޤުސްޠަންޠީނިއްޔާ ނުވަތަ އީސްތަންބުލް) ފަތަޙަ ކުރާނެއެވެ. އެބައިމީހުން (އޮލިވް) ޒައިތޫނި ގަސްގަހުގައި ކަނޑިތައް އެލުވައިގެން ތިބެ ޣަނީމާ މުދާ ބަހަން ތިއްބައި، ޝައިޠާނާ ހަޅޭއްލަވައި ގަންނާނެއެވެ. ‘ހަމަކަށަވަރުން ދައްޖާލު ތިޔަބައިމީހުންގެ ފަހަތުން ތިޔަބައިމީހުންގެ އަހުލުވެރިންގެ ގާތަށް ހިނގައްޖެއެވެ.’ އެހިނދު އެބައިމީހުން (އެނބުރި ދިއުމަށްޓަކައި) ނުކުންނާނެއެވެ. ނަމަވެސް އެއީ ދޮގު ޚަބަރެކެވެ. އެބައިމީހުން ޝާމްކަރައަށް އަންނަ ހިނދު، ދައްޖާލު ފާޅުވާނެއެވެ. އެބައިމީހުން ހަނގުރާމައަށް ތައްޔާރުވެ، ސަފުތައް ސީދާކުރަން ތިއްބައި ނަމާދަށް ޤަމަތް ދެވޭނެއެވެ. އެހިނދު ޢީސާގެފާނު ފައިބައިވަޑައިގެން އިމާމުވެ ނަމާދު ކުރައްވާނެއެވެ. ﷲގެ ދުޝްމަނާ (ދައްޖާލު) އަށް އެކަލޭގެފާނު ފެނުމުން، ފެނުގެ ތެރޭގައި ލޮނުވިދާދާ ފަދައިން އޭނާ ވިރިގެންދާނެއެވެ. އެކަލޭގެފާނު އޭނާ ދޫކޮށްލެއްވި ނަމަވެސް އޭނާ ހަލާކުވެގެން ދަންދެން ވިރިގެންދިޔައީހެވެ. އެކަމަކު ﷲ އެކަލޭގެފާނުގެ އަތްޕުޅުން އޭނާ ޤަތުލު ކުރައްވާނެއެވެ. އަދި އެކަލޭގެފާނުގެ ލޮންސީގައި ގައި ހުރި އޭނާގެ ލޭ އެބައިމީހުންނަށް ދައްކަވާނެއެވެ.”
ޚަވާރިޖުންގެ ލަޝްކަރުތަކާއި ދައްޖާލު (އަލް-މަސީޙުއް ދައްޖާލު)
ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ:
“ޤުރުއާން ކިޔަވާ، ނަމަވެސް އެބައިމީހުންގެ ކަރުބުޑުން ތިރިއަށް އެ (ޤުރުއާން) ނުދާނޭ ބަޔަކު ނުކުންނާނެއެވެ. އެބައިމީހުންގެ ތެރެއިން ފިރުޤާއެއް (ޖަމާޢަތެއް) ފާޅުވާ ކޮންމެ ފަހަރަކު، އެބައިމީހުން ބުރިބުރިކޮށް (ނައްތާލެވޭނެއެވެ.)”
އަދި އެކަލޭގެފާނު (ޢަބްދުﷲ ބިން ޢުމަރު) ވިދާޅުވިއެވެ: “ﷲގެ ރަސޫލާ ﷺ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އެހީމެވެ: ‘އެބައިމީހުންގެ ތެރެއިން ފިރުޤާއެއް ފާޅުވާ ކޮންމެ ފަހަރަކު، އެބައިމީހުން ނައްތާލެވޭނެއެވެ.’ މިފަދައިން ވިހި ފަހަރަށްވުރެ ގިނައިން ޙަދީޘް ކުރެއްވުމަށްފަހު [ވިދާޅުވިއެވެ] ‘އެބައިމީހުންގެ ލަޝްކަރުގެ ތެރޭގައި ދައްޖާލު ފާޅުވަންދެނެވެ.’” (އިބްނު މާޖާ ރިވާކުރެއްވިއެވެ. އަދި ޝައިޚް އަލް-އަލްބާނީ “ޞަޙީޙް އިބްނު މާޖާ” (1/75-76، ނަމްބަރު: 144) ގައި މި ޙަދީޘަކީ ޙަސަން ޙަދީޘެއް ކަމަށް ކަނޑައަޅުއްވާފައިވެއެވެ.)
އަދި އިމާމް އަޙްމަދުގެ މުސްނަދުގައި، އެކަލޭގެފާނުގެ ސަނަދުން ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ: “ﷲގެ ރަސޫލާ ﷺ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އެހީމެވެ: ‘ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިން، އިރުމަތީ ފަރާތުން ބަޔަކު ނުކުންނާނެއެވެ. އެބައިމީހުން ޤުރުއާން ކިޔަވާނެއެވެ. ނަމަވެސް އެބައިމީހުންގެ ކަރުބުޑުން ތިރިއަށް އެ (ޤުރުއާން) ނުދާނެއެވެ. އެބައިމީހުންގެ ތެރެއިން ފިރުޤާއެއް ފާޅުވާ ކޮންމެ ފަހަރަކު، އެބައިމީހުން ނައްތާލެވޭނެއެވެ. އެބައިމީހުންގެ ތެރެއިން ފިރުޤާއެއް ފާޅުވާ ކޮންމެ ފަހަރަކު، އެބައިމީހުން ނައްތާލެވޭނެއެވެ.’ މިފަދައިން ދިހަ ފަހަރު ވިދާޅުވުމަށްފަހު ޙަދީޘް ކުރެއްވިއެވެ: ‘އެބައިމީހުންގެ ތެރެއިން ފިރުޤާއެއް ފާޅުވާ ކޮންމެ ފަހަރަކު، އެބައިމީހުން ނައްތާލެވޭނެއެވެ. އެބައިމީހުންގެ އެންމެ ފަހު މީހުންގެ ތެރޭގައި ދައްޖާލު ފާޅުވަންދެނެވެ.’“(އަޙްމަދު ޝާކިރު މުސްނަދުގެ ތަޙްޤީޤުގައި މި ޙަދީޘަކީ ޞަޙީޙް ޙަދީޘެއް ކަމަށް ކަނޑައަޅުއްވާފައިވެއެވެ (11/88))
އަދި މި ޙަދީޘްގެ އެހެން ރިވާޔަތެއްގައި، ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. “ޤުރުއާން ކިޔަވާ، ނަމަވެސް އެބައިމީހުންގެ ކަރުބުޑުން ތިރިއަށް އެ (ޤުރުއާން) ނުދާނޭ ބަޔަކު ނުކުންނާނެއެވެ. އެބައިމީހުންގެ ތެރެއިން ފިރުޤާއެއް ފާޅުވާ ކޮންމެ ފަހަރަކު، އެބައިމީހުން ނައްތާލެވޭނެއެވެ. އެބައިމީހުންގެ ތެރެއިން ފިރުޤާއެއް ފާޅުވާ ކޮންމެ ފަހަރަކު، އެބައިމީހުން ނައްތާލެވޭނެއެވެ. އެބައިމީހުންގެ ލަޝްކަރުތަކުގެ ތެރޭގައި ދައްޖާލު ފާޅުވަންދެނެވެ. (ޝައިޚް އަލް-އަލްބާނީ “ޞަޙީޙް އަލް-ޖާމިއު” (ނަމްބަރު: 8171) ގައި މި ޙަދީޘަކީ ޙަސަން ޙަދީޘެއް ކަމަށް ކަނޑައަޅުއްވާފައިވެއެވެ.)


