, ,

ސައްޔިދު ޤުތުބާއި، ޙަސަނުލް ބަންނާ އަކީ ރާފިޟިންނާ އިސްލާމުން އެއްކުރަން އުޅުނު ބިދުޢަވެރިންގެ ދެ އިމާމުން – ސުންނަތުގެ އިމާމް މުޤްބިލް

386 views

1 min read

ސުވާލު: އިޚްވާނުލް މުސްލިމޫން ބުނާގޮތުގައި ޙަސަނުލް ބަންނާ އާއި ސައްޔިދު ޤުޠުބަކީ ﷲ ގެ މަގަށް ދަޢުވަތު ދިނުމުގައިވާ ދެ އިމާމުންނެވެ. މި ވާހަކައަކީ ތެދެއްތޯއެވެ؟ ޖަވާބު: އާނއެކެވެ. އެ ދެބޭފުޅުންނަކީ ދެ އިމާމުންނެވެ. ނަމަވެސް އެއީ ބިދުޢަވެރިންގެ އިމާމުންގެ ތެރެއިންވާ ދެ އިމާމުންނެވެ. މީގެ ދަލީލަކީ، ސައްޔިދު ޤުޠުބުގެ ފޮތްތަކުގައި ޞަޙާބީ ބޭކަލުންގެ މާތްކަމާމެދު ފަރުވާކުޑަކޮށްފައިވާ މިންވަރާއި، ހަމައެފަދައިން “ވަޙްދަތުލް ވުޖޫދު” (ހުރިހާ އެއްޗަކީ ކަލާނގެ ﷲ ކަމަށް ބުނުން) އަށް ބާރުދޭ ބަސްތަކެވެ. އަދި މި ނޫނަސް

[…]


ސުވާލު: އިޚްވާނުލް މުސްލިމޫން ބުނާގޮތުގައި ޙަސަނުލް ބަންނާ އާއި ސައްޔިދު ޤުޠުބަކީ ﷲ ގެ މަގަށް ދަޢުވަތު ދިނުމުގައިވާ ދެ އިމާމުންނެވެ. މި ވާހަކައަކީ ތެދެއްތޯއެވެ؟

ޖަވާބު: އާނއެކެވެ. އެ ދެބޭފުޅުންނަކީ ދެ އިމާމުންނެވެ. ނަމަވެސް އެއީ ބިދުޢަވެރިންގެ އިމާމުންގެ ތެރެއިންވާ ދެ އިމާމުންނެވެ. މީގެ ދަލީލަކީ، ސައްޔިދު ޤުޠުބުގެ ފޮތްތަކުގައި ޞަޙާބީ ބޭކަލުންގެ މާތްކަމާމެދު ފަރުވާކުޑަކޮށްފައިވާ މިންވަރާއި، ހަމައެފަދައިން “ވަޙްދަތުލް ވުޖޫދު” (ހުރިހާ އެއްޗަކީ ކަލާނގެ ﷲ ކަމަށް ބުނުން) އަށް ބާރުދޭ ބަސްތަކެވެ. އަދި މި ނޫނަސް އަޅުގަނޑުމެންގެ ލޮބުވެތި އަޚު ރަބީޢު ބިން ހާދީ – ﷲ އެބޭފުޅާ ރައްކާތެރިކުރައްވާށި – ބަޔާންކޮށްދެއްވާފައިވާ ކަންތައްތައް ހުއްޓެވެ.

އަދި ޙަސަނުލް ބަންނާއަށް ބަލާއިރު، ކުރިން އަޅުގަނޑު ހީކޮށްގެން ހުރީ އެއީ ހެޔޮކަމާއި ތެދުމަގުގެ މަތީގައި ހުރި މީހެއް ކަމަށެވެ. “އަލްޚުރޫޖު މިނަލް ފިތުނާ” މި ފޮތަށް އަޅުގަނޑު ލިޔުނު ނޯޓުގައި އެބޭފުޅާއާ ބެހޭގޮތުން ހެޔޮކޮށް ވާހަކަދެއްކީ އެބޭފުޅާގެ ޢަޤީދާއާއި ޙަޤީޤަތް އެނގުމުގެ ކުރިންނެވެ. ނަމަވެސް މިހާރު (އަޅުގަނޑުގެ ގާތުގައި) އެއީ މަގުފުރެދުމުގެ އިސްވެރިއެކެވެ.

އަޅުގަނޑުގެ ނަޒަރުގައި ޙަސަނުލް ބަންނާގެ މަގުފުރެދުން ސައްޔިދު ޤުޠުބަށްވުރެ ބޮޑެވެ. ސަބަބަކީ، ސުންނީންނާއި ޝީޢީން ގާތްކުރުމަށް އޭނާ ދެކޭތީއެވެ. އަދި އޭނާ ބުނާގޮތުގައި “އަހަރެމެންގެ ދަޢުވަތަކީ ޞޫފީ، ސަލަފީ ދަޢުވަތެކެވެ.” އަދި އޭނާ ކަށްވަޅުތަކުގެ ވަށައިގެން އެނބުރި، ބަރަކާތް ހޯދުމުގެ ގޮތުން ކަށްވަޅުތަކުގައި އަތް އުނގުޅައި ހަދައެވެ.

އަޅުގަނޑުމެންގެ ފަޟީލަތުއްޝައިޚް އަޙްމަދު އައްޝައްޙީ – ﷲ އެބޭފުޅާ ރައްކާތެރިކުރައްވާށި – ލިޔުއްވާފައިވާ އެ ކުޑަ ރިސާލާގައި އިޚްވާނުލް މުސްލިމޫންގެ ދަޢުވަތުގައިވާ ބިދުޢަވެރިކަން ފުރިހަމައަށް ބަޔާންކޮށްދެއްވާފައިވެއެވެ. އަދި އަޅުގަނޑު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރަމެވެ. މިހާރު މިޞްރުގެ ޒުވާނުންނާއި، ސޫދާނާއި ޔަމަނުގެ ގިނަ ޒުވާނުންނާއި، އަދި ޙަރަމްފުޅު ހިމެނޭ ބިމާއި ނަޖުދުކަރައިގެ ޒުވާނުންނަށް މިކަންކަން ވިސްނިއްޖެއެވެ. އެބޭފުޅުންނަށް ފެނިފައިވަނީ މަދު މިންވަރެކެވެ. އަޅުގަނޑުމެންނަށް ފެނުނު ކަންތައްތައް އެބޭފުޅުންނަށް ފެނުނުނަމަ، އިޚްވާނުލް މުސްލިމޫންގެ ދަޢުވަތަށް “އުއްފު” (ނުރުހުމުގެ ބަސް) ބުނެފީހެވެ. ހަމައެފަދައިން ޚަލީޖުގެ އަޚުންވެސްމެއެވެ. ކުރިން އެމީހުންނާއެކު އުޅުމަށްފަހު، މިހާރު ގިނަ ބަޔަކު ވަނީ އެމީހުންނާ ދެކޮޅުވެފައެވެ. އެހެންކަމުން ކުރިންވެސް އަޅުގަނޑު ބުނި ފަދައިން، އެ ދެމީހުންނަކީ ބިދުޢައާއި މަގުފުރެދުމުގެ އިމާމުންގެ ތެރެއިންވާ ދެ އިމާމުންނެވެ. ސުންނަތުގެ އިމާމުންގެ ތެރެއަކުން ނޫނެވެ.

މަޞްދަރު:
ފަޟާއިޙު ވަ ނަޞާއިޙު
މުޞައްނިފު: އަބޫ ޢަބްދިއްރަޙްމާން މުޤުބިލް ބިން ހާދީ އަލްވާދިޢީ

ފްރީމޭސަނު މުލްޙިދު ޔަހޫދީ ޖަމާލުއްދީން އަފްޣާނީ މެދުވެރިކޮށް ރާފިޟީންގެ ކުފުރުގެ މަޒްޙަބު މިސްރުގެ އިޚްވާނުލް މުސްލިމީން މެދުވެރިކޮށް ދިވެހި ރާއްޖެއަށް ވެއްދި މަގު.

ދަންނާށެވެ. ފްރީމޭސަނު، މުލްޙިދު، ޔަހޫދީ އިރާނުގެ ޖަމާލުއްދީން އަފްޣާނީގެ އަރިހުން ތަރުބިއްޔަތުވެ ދަސްވެނިވީ މުޙައްމަދު ޢަބްދޫ އާއި ރަޝީދު ރިޟާ ކިޔާ ދެ ބިދުޢަވެރިންނެވެ. އެއަށްފަހު، އެމީހުންގެ ފިކުރުގެ މަޅީގައި ސައްޔިދު ޤުޠުބާއި ޙަސަނުލް ބަންނާ ޖެހުނެވެ. ސައްޔިދު ޤުޠުބަކީ ޔަހޫދީ ފްރީމޭސަނުންގެ ފަހުލަވީއެއްގެ ގޮތުގައި، ޖަމާލުއްދީން އަފްޣާނީއެކޭ އެއްފަދައިން މަސައްކަތްކުރި މީހެކެވެ.

Hussain Rasheed Ahmed

Imran Abdulla

Mauroof Hussain

Ifthikhar Hilmy

މިއީ ޖަހާތަލު ޕާޓީ މަގުފުރެެއްދި އިމާމުންނެވެ.ރާއްޖޭގެ ޢަދާލަތު ޕާޓީއަކީ ލާދީ މުލްހިދުން އޭގެ ފަހަތުގައިވާ ފްރީމޭސަުންގެ މަޤްޞަދު ހާޞިލްކުރާ ޕާޓީއެއް.

މިޞްރުގައި އިސްލާމީ ސިފައެއްގައި ޔަހޫދީންނާއި ފްރީމޭސަނުންތަކެއް އިސްވެ، އިސްލާމީ ނަމެއްގައި ސިޔާސީ ޕާޓީއެއް އުފެއްދިއެވެ. މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ހަމަހަމަކަމާއި ޢަދުލުއިންސާފު “އަލް-ޢަދާލާ އިޖްތިމާޢިއްޔާ” ޤާއިމުކުރުމަށް ކަމަށް ބުނެ، “ޖަމާޢަތުލް އިޚްވާނުލް މުސްލިމީން” އާއި “ޢަދާލަތު” ޕާޓީގެ ނަމުގައި ޖަމާޢަތްތަކެއް އުފެއްދިއެވެ. ޔަހޫދީ ފްރީމޭސަނުން އިސްވެ އުފެއްދި މި ފިކުރުގައި ދިވެހިރާއްޖޭގެ ބަޔަކުވެސް ޖެހުނެވެ. އެ ޔަހޫދީ ފްރީމޭސަނުންގެ ފިކުރުގައި ޖެހި، މިޞްރުގެ އިޚްވާނުލް މުސްލިމީންގެ ގޮތްތަކަށް ތަބާވެ، ޔަހޫދީންނާއި ރާފިޟީ ޝީޢީންނާއި އިސްލާމުން އެއްކުރާ ފިކުރެއްގެ “ޢަދާލަތު” ޕާޓީގެ ނަމުގައި ދިވެހިރާއްޖޭގައިވެސް ޕާޓީއެއް ހެދިއެވެ.

އަލް-ޢަދާލާ އިޖްތިމާޢިއްޔާ އަކީ ފްރީމޭސަނު މުލްޙިދު ޔަހޫދީ ޢަބްދުﷲ އިބްނު ރާފިޟީންނާއި ޚަވާރިޖުން އުފައްދަން ބޭނުންކުރި ޤާއިދާއެވެ. މިއީ ކޮމިއުނިސްޓުންގެ ޝިޢާރެކެވެ.

އެ ޕާޓީގެ ފަހަތުގައި ލާދީނީ ސެކިއުލަރ ޢަލްމާނީ ގޮތްގަނޑުތަކާއި ޔަހޫދީ ފްރީމޭސަނުންގެ އުސޫލުތައް ވާކަން ގިނަ ޢިލްމުވެރިންނަށް ފާޅުވެ، ރާއްޖޭގެ ގިނަ ޝައިޚުން އެ ޕާޓީއާ ދުރުވެފައިވާތީ އުފާކުރަމެވެ. ދިވެހިރާއްޖެއަށް ޔަހޫދީ ފްރީމޭސަނުން ވައްދަން އުޅުނީ، ރާފިޟީންނާއި ސުންނީ މުސްލިމުން އެއްކުރަން ކުރި މަސައްކަތުގެ ތެރެއިންނެވެ. މި ފިކުރުގެ އަޞްލަކީ އިރާނުގެ، ފްރީމޭސަން، މުލްޙިދު، ރާފިޟީ، މުޢުތަޒިލީ ޖަމާލުއްދީން އަފްޣާނީއެވެ. އޭނާގެ ފަރާތުން މި ޔަހޫދީ ފިކުރު ނެގީ، މާސޫނީ މުޙައްމަދު ޢަބްދު އާއި މާސޫނީ މުޙައްމަދު ރަޝީދު ރިޟާ އެވެ.

އެއަށްފަހު، މާސޫނީ ސައްޔިދު ޤުތުބާއި، މާސޫނީ ޙަސަން އަލް ބަންނާ މި ފިކުރުގެ މައްޗަށް ހިންގުންތެރިކަމާއެކު ޖަމާޢަތެއް ބިނާކުރިއެވެ. އޭރު އަޒްހަރުގައްޔާއި މިޞްރުގައި ތިބި އެތައް ޒުވާނުންނެއް ޔަހޫދީ މާސޫންގެ މި ޖަމާޢަތަށާއި އޭގެ ފިކުރަށް ވެއްދިއެވެ. އޭގެ އަސަރު އިސްލާމީ އެކި ބިންތަކަށް ފެތުރިގެން ދިޔައެވެ. އެ މަސައްކަތުގެ ސަބަބުން އެތައް ދިވެހިންނެއް އެ ފިކުރުގައި ޖެހުނެވެ. ފްރީމޭސަނުން ކުރި އެ މަސައްކަތުން “ރާފިޟީންނާއި އިސްލާމުން އެއްކުރި” ފިކުރެކެވެ. ރާއްޖޭގެ މުލްޙިދުންގެ ރައީސް، ލާދީނީންގެ ލީޑަރު، ފްރީމޭސަނުންގެ ރައީސް، ޙުސައިން ރަޝީދު އަޙްމަދާއި މައުރޫފަކީ މި ފަނާކުރަނިވި ޔަހޫދީ ފިކުރު ފެތުރުމުގެ އަރާހުރި ދެ ބިދުޢަވެރިންނެވެ.

މިޞްރާއި އިރާނަށް މި ފިކުރު ވައްދައި، ރާފިޟީންނާއި އިސްލާމުން އެއްކުރަން މަސައްކަތްކުރި މުލްޙިދު، ﷲ އަށް އީމާންނުވާ، އިލާހަކު ޤަބޫލުނުކުރާ ފްރީމޭސަނަކީ ޖަމާލުއްދީން އަފްޣާނީއެވެ. ފްރީމޭސަނުންނާއި ޔަހޫދީން، މުސްލިމުންގެ ތެރެއަށް ރަވާފިޟުންނާއި އިސްލާމުން އެއްކުރަން މަސައްކަތް ކުރީ މިޞްރާއި، ޢިރާނާއި، ޢިރާޤުގައެވެ. 1800ގެ ފަހުކޮޅު ފާޅުވި ޖަމާލުއްދީން އަފްޣާނީ (1838-1897) ކިޔާ މުޢުތަޒިލީ ރާފިޟީއަކު މެދުވެރިކޮށް، ރާފިޟީންގެ މަޛްހަބާއި އިސްލާމުންގެ މަޛްހަބު ތަޤާރުބުކޮށް ގުޅުވަން ޔަހޫދީ ޒަޔަނިސްޓު ފްރީމޭސަނުން މަސައްކަތްކުރިއެވެ.

މުޞްޠަފާ ޣަޒާލް އޭނާގެ ފޮތް “ދަޢުވަތު ޖަމާލުއްދީން” (ޞ. 157) ގެ އެކި ތަންތަނުގައި ލިޔެފައިވެއެވެ.

“ޖަމާލުއްދީން މިޞްރަށް ވަޑައިގެންނެވިއިރު ހުންނެވީ ރިޔާޟް ބާޝާގެ ރައްކާތެރިކަމާއި ބެލެހެއްޓުންތެރިކަމުގެ ދަށުގައެވެ. އޭނާ ޖަމާލުއްދީނަށް ޚާއްޞަ އިނާޔަތްތަކެއް ދެއްވައި، މަހުން މަހަށް ދޭނެ މުސާރައެއް ވެސް ކަނޑައެޅުއްވިއެވެ. ރިޔާޟް ބާޝާއަކީ ޔަހޫދީ ނަސްލަށް ނިސްބަތްވާ، ބޭރުގެ އިނގިރޭސި ފަރާތްތަކަށް ވަރަށް ބޮޑަށް ލެނބިފައި ހުންނެވި ބޭފުޅެކެވެ. (ޞ 47) – މީގެ އިތުރުން ޖަމާލުއްދީން އޭނާގެ އަމިއްލަ ޚާއްޞަ ޑޮކްޓަރެއްގެ ގޮތުގައި ހާރޫން ނަމަކަށް ކިޔާ ޔަހޫދީއަކު ގެންގުޅުއްވިއެވެ. (ޞ 48) – އަދި ޔަޢުޤޫބު ޞަންނޫޢު ނަމަކަށް ކިޔާ ޔަހޫދީއަކާ ގާތް ރަޙުމަތްތެރިކަމެއް ބާއްވައި، އޭނާގެ ފިކުރުތައް އޭނާއަށް ހިއްސާކޮށް، މަޒުމޫނުތައް ލިޔުއްވިއެވެ. ޞަންނޫޢަކީ ޔަހޫދީ މައިންބަފައިންނަށް އުފަންވި ޔަހޫދީއެކެވެ. ޖަމާލުއްދީން ފުރަތަމަ އިނގިރޭސި މާސޫނީ މަހުފަލަކާ ގުޅިވަޑައިގަތުމަށްފަހު، ފަހުން ފަރަންސޭސި މާސޫނީ މަހުފަލަކަށް ބަދަލުވިއެވެ. (ޞ 49)”

މީނާ ބެހޭ ގޮތުން ސުންނަތާއި ޖަމާޢަތުގެ އިމާމެއް ކަމުގައިވާ ޔަމަނުގެ ޢިލްމުވެރިޔާ ޝެއިޚް މުޤްބިލް ބުނެފައިވެއެވެ،

އިމާމް އަލް-ވާދިޢީ ( رحمه الله) “ތުޙްފަތުލް މުޖީބު” (ޞ. 211) ގައި 163 ވަނަ ސުވާލަށް ދެއްވާފައިވާ ޖަވާބުގައި ވިދާޅުވެފައިވެއެވެ: “ޖަމާލުއްދީން އަލް-އަފްޣާނީ އާއި މިޞްރުގެ މުޙައްމަދު ޢަބްދުއަކީ އިތުބާރު ހިފޭ ޢިލްމުވެރިންތޯ، އެމީހުންގެ ޙާލަތަކީ ކޮބައިތޯ އަދި އެމީހުން މަގުން ކަސިޔާރުވީ ކޮން ގޮތަކަށްތޯ؟”

ޖަވާބު: “އެއީ އެ މީހުންގެ ޒަމާނުގައްޔާއި އޭގެ ފަހުން ވެސް މިޞްރުގެ ޒުވާނުން މަގުފުރެއްދި ދެ މާސޫނީންނެވެ. އަދި ގިނަ އަދަދެއްގެ ލިޔުންތެރިން ވެސް އެމީހުން މަގުފުރެއްދިއެވެ. އޭގެ ތެރޭގައި މުޙައްމަދު ރަޝީދު ރިޟާ ހިމެނެއެވެ. މި މައުޟޫޢުގައި ގިނަ ވާހަކަތަކެއް ދެއްކޭކަށް ނެތުމުން، ‘މަންހަޖުލް މަދްރަސަތުލް ޢަޤްލިއްޔާ ފިއްތަފްސީރު’ އާއި ‘ޖަމާލުއްދީން އަލް-އަފްޣާނީ ފީ މީޒާނިލް އިސްލާމް’ މި ދެ ފޮތަށް ބެއްލެވުމަށް އަޅުގަނޑު އިޝާރާތްކުރަމެވެ. އެ ދެމީހުންނަކީ މަގުފުރެދުމުގެ އިމާމުންނެވެ. އަދި އެމީހުންވަނީ ކުފުރާ މާ ގާތްވެފައެވެ.”

މިއީ ރާފިޟީންނާއި އިސްލާމުން އެއްކުރުމަށްޓަކައި އިޚްވާނުލް މުސްލިމީންނާއި ފްރީމޭސަނުން ދައްކާފައިވާ މަދު ވާހަކަތަކެއްގެ ތެރެއިން ބައެކެވެ.

ޙަސަނުލް ބަންނާ الحسن البنا ބުނެފައިވެއެވެ.

« لا فرق بين السنة والشيعة (الروافض) » اهـ الغنوشي في كتابه « الحركة الإسلامية والتحديث» ( 21)

“ސުންނީންނާއި ޝީޢީންނާ (ރަވާފިޟުން) ދެމެދު އެއްވެސް ތަފާތެއް ނެތެވެ.” (ޣައްނޫޝީގެ ފޮތް “އަލް-ޙަރަކަތުލް އިސްލާމިއްޔާ ވައްތަޙްދީޘް”، ޞ. 21)

ޙަސަން އަލް ބަންނާ حسن البنا ބުނެފައިވެއެވެ.

« إن خصومتنا لليهود ليست دينيّة ، لأن القرآن الكريم حض على مصافاتهم ومصادقتهم » اهـ من «الإخوان المسلمون أحداث صنعت التاريخ»( 1 / 409)

“އަހަރެމެންނާއި (އިޚްވާނުލް މުސްލިމީންގެ މީހުންނާއި) ޔަހޫދީންނާއި ދެމެދު އޮންނަ ޚަޞްމަތްތެރިކަމަކީ (ދެކޮޅުވެރިކަމަކީ) ދީނީ ކަމެއްނޫނެވެ. އެއީ، ކީރިތި ޤުރުއާން ބާރުއަޅަނީ އެމީހުންނާއި ރަޙުމަތްތެރިވެ އެމީހުންނާ އެކީ އިސްނެގުމެވެ” (އަލް އިޚްވާނުލް މުސްލިމޫން އަޙްދާޘް ޞަނަޢަތު އަތް ތާރީޚް 409/1)

ޙަސަން އަލް ބަންނާ حسن البنا ބުނެފައިވެއެވެ.

« اعلموا أن السنة والشيعة (الروافض) مسلمون تجمعهم كلمة لا إله إلا الله محمد رسول الله، وهذا أصل العقيدة والسنة والشيعة فيه سواء وعلى النقاء، أما الخلاف بينهما فهو في أمور من الممكن التقريب بينهما فيها » اهـ من « ذكريات لا مذكرات» لعمر التلمساني(ص249)

“ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން ސުންނީންނާއި ޝީޢީންނަކީ (ރާފިޟީންނަކީ) މުސްލިމުންނެވެ. އެބައިމީހުން އެއްބައިކުރުވަނީ ‘لا إله إلا الله محمد رسول الله’ މި ކަލިމައެވެ. މިއީ ޢަޤީދާގެ އަޞްލެވެ. ސުންނީންނާއި ޝީޢީން މިކަމުގައި ހަމަހަމަވެގެންވެއެވެ. އަދި އެބައިމީހުންވަނީ ސާފުތާހިރުކަންމަތީގައެވެ. އެކަމަކު އެ ދެބައިމީހުންގެ މެދުގައިވާ ޚިލާފުތަކަކީ، އެކަންކަމުގައި ދެބައިމީހުން އެއްގަލަކަށް އެރުވުން (ގާތްކުރުން) އަތްފޯރާފަށުގައިވާ ކަންކަމެވެ.” ޢުމަރުއް ތިލްމިސާނީގެ “ޛިކްރިޔާތުލާ މުޛައްކިރާތު” (ޞަފްޙާ 249)

ޔޫސުފުލް ޤަރަޟާވީ يوسف القرضاوي ބުނެފައިވެއެވެ.

«وفي إيران حيث يكون الشيعة الاثنا عشرية أغلبية الشعب انطلقت حركة “الإمام الخميني” التي تقوم على “ولاية الفقيه” بدلاً من انتظار الإمام الغائب ، ونيابة عنه ، فقاوم طغيان الشاه وفساده ، وأوذي في سبيل ذلك ما أوذي … الخ» اهـ من «كتاب أمتنا بين قرنين» (72)

“އީރާނުގައި ޝީޢީ އިޘްނާ ޢަޝަރިއްޔާ މަޒްހަބުގެ މީހުން އަޣުލަބިއްޔަތު އޮންނަ ތަނެއްގައި، ‘އިމާމް ޚުމައިނީ’ ގެ ޙަރަކާތް ފެށުނެވެ. މި ޙަރަކާތް ބިނާވެފައިވަނީ ‘ޣައިބުވެފައިވާ އިމާމް’ އަންނަންދެން މަޑުކުރުމުގެ ބަދަލުގައި، އެ އިމާމުގެ ނައިބެއްގެ ގޮތުން ‘ވިލާޔަތުލް ފަޤީހް’ (ފަޤީހުންގެ ވެރިކަން) ޤާއިމުކުރުމުގެ މައްޗަށެވެ. އެގޮތުން ޝާހުގެ އަނިޔާވެރިކަމާއި ފަސާދައާ ދެކޮޅަށް އޭނާ ތެދުވެވަޑައިގަތެވެ.” (“އުއްމަތުނާ ބައިނަ ޤަރްނައިނި”، ޞ. 72)

ހަޤީޤަތުގައި އިޚްވާނީންގެ މަދްރަސާއާއި، ރާފިޟީންގެ މަދަރުސާ ހުއްޓެނީ އެއް މީހަކަށެވެ. ޔަހޫދީ ފްރީމޭސަނަކަށެވެ. ޙަޤީޤަތަކީ، އެ ދެ ފަރާތުގެ ސަނަދު ވަނީ ގުޅިފައެވެ. މާސޫނީ ފިކުރުގެ މަޅީގައި ޖެހި، ރާފިޟީ ޖަމާލުއްދީން އަލްއަފްޣާނީގެ ގާތުން ދަރިވަރުވި އަޒުހަރުގެ ޝައިޚް މުޙައްމަދު ޢަބްދުހޫ، އޭނާގެ ފަހުން އައި ގިނަ އަޒުހަރުގެ ޢިލްމުވެރިންނަށް ނުފޫޒު ފޯރުވިއެވެ. އަދި އޭނާގެ ދަރިވަރު މުޙައްމަދު ރަޝީދު ރިޟާގެ މަދަރުސާއިން ޙަސަނުލް ބަންނާ ތަޢުލީމު ހާސިލުކުރިއެވެ.

މުޙައްމަދު ރަޝީދު ރިޟާގެ نتعاون فيما اتفقنا عليه، ويعذر بعضنا بعضا فيما اختلفنا فيه”

“އަހަރެމެން އެއްބަސްވާ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވެ، އަހަރެމެންގެ މެދުގައި ޚިލާފުވާ ކަންކަމުގައި އެކަކު އަނެކަކަށް އިޢުތިޛާރުކުރުން” —

މި ޔަހޫދީ ޤާއިދާއާ ބެހޭގޮތުން ޤަރަޟާވީ ލިޔެފައިވާ ލިޔުމުގައި ބުނެފައިވެއެވެ.

الذي وضع القاعدة المذكورة: “نتعاون فيما اتفقنا عليه، ويعذر بعضنا بعضا فيما اختلفنا فيه” في هذا الصيغة هو العلامة السيد رشيد رضا

“މި ބުނެވުނު ޢިބާރާތުން ‘އަހަރެމެން އެއްބަސްވާ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވެ، އަހަރެމެންގެ މެދުގައި ޚިލާފުވާ ކަންކަމުގައި އެކަކު އަނެކަކަށް އިޢުތިޛާރުކުރުން’ މި ޤާއިދާ ކަނޑައެޅުއްވީ ޢައްލާމާ އައްސައްޔިދު ރަޝީދު ރިޟާއެވެ.”

މުޢުތަޒިލީ ޤަރަޟާވީ މި ޤާއިދާގެ ދަލީލެއްގެ ގޮތުގައި ގެނެސްފައިވަނީ “غُلِبَتِ الرُّومُ” (ރޫމީން ބަލިވެއްޖެއެވެ) މި އާޔަތެވެ. ދިވެހި ރާއްޖޭގައި Sheikh Ibrahim Rafiu ކިޔާ މީހާވަނީ މި ޤާއިދާ ނަގައި އިޚްވާނީންގެ އުޞްލޫބުން އުންމަތް އެއްބައިވުމަށް ގޮވާލާފައެވެ. އޭނާ ބުނަނީ އަޤީދާ ބާއްވާށެވެ.

މި ޤާއިދާމެދު ސުންނަތާއި ޖަމާޢަތުގެ ޝެއިޚް ރަބީޢު ވިދާޅުވިއެވެ.

“މިހާރު އެބައިމީހުން އަހަރެމެން މިގެންދަނީ ‘ދީންތައް އެއްކުރުމުގެ’ (وحدة الأديان) މިސްރާބަށެވެ. އެއީ، ‘އަހަރެމެން އެއްބަސްވާ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވެ، އަހަރެމެންގެ މެދުގައި ޚިލާފު އުފެދޭ ކަންކަމުގައި އެކަކު އަނެކަކަށް މާފުކުރުން’ މި ނުބައި، ފަނާކުރަނިވި ޤާއިދާގެ މައްޗަށް ބިނާކޮށެވެ. މިއީ ނަޖިސް، މާސޫނީ (ފްރީމޭސަނުންގެ) ޤާއިދާއެކެވެ.

މި ޤާއިދާއަކީ، އެކި ޤައުމުތަކާއި، އުންމަތްތަކާއި، ދީންތަކާއި، ފިރުޤާތަކާއި އަދި މަޒުހަބުތައް އެއް މާސޫނީ ދިދައެއްގެ ދަށަށް ޖަމާކުރުމަށްޓަކައި މާސޫނީން ކަނޑައަޅާފައިވާ ޤާއިދާއެކެވެ. ފުރަތަމަ ކަމަކަށް މި ޤާއިދާ ފެށިގެން އައީ މުސްލިމުން އެއްގަލަށް އެރުވުމުގެ ނަމުގައެވެ. އަދި އޭގެ ތެރެއަށް ރަވާފިޟުންނާއި (ޝީޢީން)، ބާޠިނީންނާއި އަދި ސޫފީން ވެއްދުމަކަށް އެބައިމީހުން ލަދެއް ނުގަނެއެވެ. އެއަށްފަހު، އެބައިމީހުންނަށް ބާރު ލިބުމުން، ނަޞާރާއިންނާއެކު އޮންނަ އުޚުއްވަތްތެރިކަމަށް (އިބްރާހީމީ ދީނުގެ ނަމުގައި) ގޮވާލައި، ދީންތައް އެއްކުރުމަށް ދަޢުވަތުދީ، އެކަމަށްޓަކައި ކޮންފަރެންސްތައް ބާއްވަން ފެށިއެވެ.

މި ނުބައި މަގަށް ގޮވާލާ މީހުންނަކީ، އެއްކޮޅުން އުންމަތް ބައިބައިކޮށް ހަލާކުކުރުމާއި، އަނެއްކޮޅުން މީސްތަކުންގެ ޢަޤީދާ ބަލިކަށިކޮށް (ތަމްޔީޢުކޮށް) މަސްތުކުރުވައިގެން، އުންމަތުގެ ހަލާކު އިތުރުކުރާ ބަޔެކެވެ. އެބައިމީހުން އެކުރާ ކަމަކީ މީސްތަކުންގެ ބުއްދިތަކާ ކުޅެ، ﷲ ގެ ޙައްޤު މަންހަޖާ އެބައިމީހުން ދުރުކުރުމެވެ.”

(މަޖްމޫޢު ކުތުބު ވަ ރަސާއިލް ވަ ފަތާވާ ފަޟީލަތުއްޝައިޚް އަލްޢައްލާމާ ރަބީޢު ބިން ހާދީ އަލްމަދްޚަލީ)

الإِمَامُ الإِمَامُ ابن رجب الحنبلي رَحِمَه الله ވިދާޅުވެފައިވެ އެވެ.

“ނަމަވެސް ބިދުޢައިގެ އަހުލުވެރިންނާއި، މަގުފުރެދިފައިވާ މީހުންނާއި، އަދި ޢިލްމުވެރިންގެ ތެރެއިން ނުވީ ހިނދުގައިވެސް ޢިލްމުވެރިންނާ އެއްގޮތްވާން އުޅޭ މީހުން (ދަންނާށެވެ!)، ފަހެ، އެބައިމީހުންނަށް ތަބާވުމުން މީސްތަކުން ސަލާމަތްކޮށް އިންޒާރުދިނުމުގެ ގޮތުން، އެބައިމީހުންގެ ޖާހިލުކަން ބަޔާންކުރުމާއި އެބައިމީހުންގެ އުނިސިފަތައް ހާމަކުރުން ހުއްދަވެގެންވެއެވެ.”

الإِمام الشاطبِي رحمه الله (790-730) ވިދާޅުވި އެވެ.

“ފަހެ، ހަމަކަށަވަރުން ބިދުޢައިގެ އަހުލުވެރިޔާ މަތިވެރިކޮށް (ޤަދަރުވެރިވެރިކޮށް) ހިތުމަކީ، އިސްލާމްދީން މުގުރާލުމަށް (ފުނފުޑުކޮށްލުމަށް) މަގުފަހިވާ ދެ ފަސާދައެއް އުފެދިދާނެ ކަމެކެވެ.

ފުރަތަމަ ކަމަކީ: ޖާހިލުންނާއި ޢާންމު މީސްތަކުން އެ މަތިވެރިކޮށް ހިތުމަށް ސަމާލުކަން ދިނުމެވެ. އޭރުން އެބައިމީހުން އެ ބިދުޢަވެރިޔާއަކީ އެންމެ މަތިވެރި މީހާ ކަމަށާއި، އޭނާ އެހުރި (ސުންނަތާއި ޚިލާފު ބިދުޢައިގެ ޚުރާފީ ބޯދާ) ގޮތަކީ އެހެން (ސުންނަތާއި ޖަމާޢަތުގެ) މީހުން ތިބި ގޮތަށްވުރެ ހެޔޮ ގޮތެއް ކަމަށް ގަބޫލުކުރާނެއެވެ. ނަތީޖާއެއްގެ ގޮތުން، ސުންނަތުގެ އަހުލުވެރިންގެ ސުންނަތަށް ތަބާވުމުގެ ބަދަލުގައި، އޭނާގެ ބިދުޢައިގައި އޭނާއަށް ތަބާވުމަށް އެކަން މަގުފަހިކުރެއެވެ.

ދެވަނަ ކަމަކީ: އޭނާގެ ބިދުޢައިގެ ސަބަބުން އޭނާއަށް މަތިވެރިކޮށް ހިތާނަމަ، އެކަން ވެގެންދާނީ ކޮންމެ ކަމެއްގައިވެސް އަދި ކޮންމެ ޙާލެއްގައިވެސް ބިދުޢަ އުފެއްދުމަށް އޭނާއަށް ލިބޭ ހިތްވަރަކަށެވެ. އެއާއެކު ބިދުޢަތައް ދިރި، ސުންނަތްތައް މަރުވެގެންދާނެއެވެ. އަދި އެއީ ސީދާ އިސްލާމްދީން މުގުރާލުމެވެ.” الإعتصام 1-114