ވިކިލީކްސް ކޭބަލްތަކުން ހާމަވި ބިރުވެރި ޙަޤީޤަތް: ހަމާސްގެ ކުރިއެރުމާއި އިސްރާއީލުގެ ސިއްރު ރޭވުންތައް

430 views

1 min read

“ހަމާސް އިން ޣައްޒާގެ ކޮންޓްރޯލް ނަގައިފިނަމަ، އެކަމާ އޭނާ އުފާކުރާނެއެވެ.”

[…]


“ވިކިލީކްސް” އިން ލީކުކޮށްލި އެތައް ލައްކަ ޑިޕްލޮމެޓިކް ކޭބަލްތަކުގެ ތެރެއިން 2010 ވަނަ އަހަރު ފެންމަތިވި މަޢުލޫމާތުތަކަކީ މިއަދުގެ ފަލަސްތީނުގެ ޙާލަތަށް ބަލާއިރު ނުހަނު ބޮޑު ސުވާލުތަކެއް އުފެދޭ ކަންކަމެވެ. އެ ލިޔެކިޔުންތަކުގައިވާ ގޮތުން، އޭރުގެ އިސްރާއީލުގެ މިލިޓަރީ އިންޓެލިޖެންސްގެ ޑިރެކްޓަރު މޭޖާ ޖެނެރަލް އަމޯސް ޔަޑްލިން އާއި އިސްރާއީލުގައި ހުންނެވި އެމެރިކާގެ ސަފީރު ރިޗާޑް ޖޯންސްއާ ދެމެދު ދެކެވުނު ވާހަކަތަކެއްގައި، ހަމާސް އިން ޣައްޒާގެ ކޮންޓްރޯލް ނެގުމަށް އިސްރާއީލުން ބޭނުންވާކަން ވަނީ ހާމަވެފައެވެ.

“ހަމާސް އިން ޣައްޒާގެ ކޮންޓްރޯލް ނަގައިފިނަމަ، އެކަމާ އޭނާ އުފާކުރާނެއެވެ.” 

ހަމާސްއަށް ވަނީ ފްރީމޭސަނުންގެ ބާރު ފޯރުވާފައެވެ.

އޭގެ ބޭނުމަކީ ހަމާސް ވެރިކަމަށް އައުމުން، ޣައްޒާއަކީ ‘ޢަދާވާތްތެރި ފަރާތެއް’ ކަމަށް ކަނޑައަޅައި، އެ ސަރަޙައްދާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ގާނޫނީ އަދި ސިޔާސީ ހުއްޖަތް ހޯދުމެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރަކީ 2010 ވަނަ އަހަރު އެމީހުން ރޭވި އެ ރޭވުންތައް ހަޤީޤަތަކަށް ބަދަލުވެފައިވާ މަންޒަރެވެ.

ތާރީޚީ ހެކިތަކަށް ބަލާއިރު، ހަމާސް ބާރުވެރިކުރުވުމަށް އެންމެ ބޮޑު ފުރުޞަތެއް ފަހިކޮށްދިނީ ފްރީމޭސަނަރީ މުސްޙިދު ޒަޔަނިސްޓް އިސްރާއީލުންނެވެ. 1980 ގެ އަހަރުތަކުގައި ހަމާސް އުފެދިގެން އައިއިރު، އިސްރާއީލުގެ މަޤްޞަދަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރަމުންދިޔަ ޕީ.އެލް.އޯ ބަލިކަށިކޮށްލުމެވެ. އިސްރާއީލުން ގަބޫލުކުރާ ގޮތުގައި އެ ދައުލަތް ދެމިއޮތުމަށްޓަކައި އަބަދުވެސް ހަލަބޮލިކަމާއި ހަނގުރާމަވެރިކަމާއި ކުއްލި ނުރައްކަލުގެ ޙާލަތެއް އޮންނަންޖެހެއެވެ. އެގޮތުން، އިސްރާއީލަށް ސިޔާސީ ގޮތުން ބައިނަލްއަޤްވާމީ ފިއްތުންތައް ކުރިމަތިވެ، ސުލްހައިގެ ހައްލަކަށް ދާންޖެހޭ ކޮންމެ ދަނޑިވަޅެއްގައި، ކުއްލިއަކަށް ހަމަލާތަކެއް ބަދަލުކުރެވެއެވެ. އިޒްރޭލުގެ ދިފާޢުގައި ހަނމަލާ ބަދަލުކުރަނީ ކަމަށް ބުނެ ބިންތަށް ހިފުމެވެ. މީގެ ނަތީޖާއަކީ ސުލްހައިގެ ވައުދުތަކުން އިސްރާއީލު ބަރީއަވެ، ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށް ކުރާ އުދުވާނުތަކަށް ދުނިޔޭގެ ކުރިމަތީގައި އޮޅުވާލައިގެން ހުއްޖަތްތަކެއް ދެއްކުމެވެ. ކޮންމެ ގޮއްވުމަކާއި ހަމަލާއަކުން މުސްލިމުންނަށް ލިބެނީ ބޮޑެތި ގެއްލުންތަކެވެ. ނަމަވެސް، މީގެ ސަބަބުން ޔަހޫދީންނަށް ލިބެނީ ސިޔާސީ އަދި އިސްތިރާތީޖީ ކުރިއެރުންތަކެކެވެ.

މި ނުބައި ރޭވުންތަކުގެ ފަހަތުގައި ތިބީ ހަޤީޤީ ޔަހޫދީ ދީނުގެ އަހުލުވެރިންނެއް ނޫނެވެ. އިސްރާއީލުގެ ވެރިކަމުގައި މިއަދު ތިބި ޒަޔަނިސްޓުންނަކީ ތައުރާތުގެ އުޞޫލުތަކާ ކަނޑައެޅިގެން ދެކޮޅުވެރި ބައެކެވެ. މިއީ ބާބިލްގެ ސިހުރުވެރިންގެ ފަލްސަފާގެ މައްޗަށް ބިނާވެފައިވާ، އިބްލީހަށް އަޅުކަންކުރާ “އިލުމިނައިޓީ” ޖަމާޢަތުގެ ބައެކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އިބްލީހަކީ އެމީހުންގެ ނޫރުގެ އިލާހެވެ. އަދި އެމީހުންނަކީ ދުނިޔޭގެ މައްޗަށް ބާރުފޯރުވުމަށްޓަކައި ޚާއްޞަ އިލްމުތަކެއް ލިބިފައިވާ ބައެއް ކަމަށް ދެކެއެވެ.

މި ނުރައްކާތެރި ޖަމާޢަތުގެ އަސްލު މަޤްޞަދަކީ ސުލައިމާން ޢަލައިހިއްސަލާމްގެ ތަޚްތުގެ ދަށުގައި ވަޅުލެވުނު ސިހުރުގެ ފޮތްތަކުގެ އެހީގައި، އެކަލޭގެފާނު ކުރެއްވި ފަދަ ބާރުގަދަ ވެރިކަމެއް ސިހުރުގެ ބާރުގައި ދުނިޔޭގައި ގާއިމުކުރުމެވެ. އެމީހުންގެ “ކައްބަލާ” ސިހުރާއި ފްރީމޭސަނުންގެ މަތީ ދަރަޖައިގެ މީހުން ގަބޫލުކުރާ ގޮތުގައި، ދާއިމީ ހަޔާތަކަށް ވާޞިލުވެވޭނީ ސުލައިމާންގެ ފައްޅި ( އެ ފައްޅިއަކުން ބަރީޢަވެގެންވާ ފައްޅި) އަލުން ބިނާކޮށް، އިބްލީހަށް ޤުރުބާނީތައް ކޮށްގެންނެވެ. ހަޤީޤަތުގައި މި އެންމެހާ މަސައްކަތްތަކަކީ ދައްޖާލު އައުމަށް މަގުފަހިކުރުމުގެ ގޮތުން ކުރެވޭ ކަންކަމެވެ. އިސްރާއީލުގެ ދައުލަތް އެމީހުން ދަމަހައްޓަނީ ދައްޖާލުގެ ވެރިކަމަށް ދުނިޔެ ތައްޔާރުކުރުމަށްޓަކައެވެ. އެހެންކަމުން، މިއަދު ފަލަސްތީނުގައި ހިނގަމުންދާ ކަންކަމަކީ ހަމައެކަނި ސިޔާސީ ހަނގުރާމައެއް ނޫނެވެ. އެއީ މުޅި އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ވަރަށް ފުން، ނުބައި ރޭވުންތަކެއްގެ ބައެކެވެ.

Cable: 07TELAVIV1733_a

Israel gave major to aid to Hamas