އިސްރާއީލުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހަރުކަށި ފަރާތްތަކަކީ އަބަދުވެސް މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމަށާއި، އިސްލާމީ ގައުމުތަކުގެ މެދުގައި ފިތުނަ އުފެއްދުމަށް މަސައްކަތްކުރާ ބައެކެވެ. މިގޮތުން، އެ ގައުމުގެ ހައްދުފަހަނަޅާފައިވާ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން-ގްވީރު ދާދި ފަހުން ދެއްކެވި ވާހަކަތަކަކީ މުޅި ސަރަހައްދުގެ ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ސޫރިޔާގައި މިހާރު ހިނގަމުންދާ އަސްކަރީ އަދި ސިޔާސީ ބަދަލުތަކާ ގުޅިގެން، ބެން-ގްވީރު ވަނީ ވަރަށް ހަރުކަށި ބަޔާނެއް ނެރެފައެވެ. އޭނާ ބުނެފައިވަނީ “ސޫރިޔާގެ ރައީސް ޖޫލާނީ ނައްތާލަން ޖެހޭނެ” ކަމަށެވެ. މިއީ ސޫރިޔާގެ އައު މަޝްރަހުގައި އިސްކޮށް ހަރަކާތްތެރިވާ އަބޫ މުޙައްމަދު އަލް-ޖޫލާނީއަށް އަމާޒުކޮށް އޭނާ ދީފައިވާ މަރުގެ އިންޒާރެކެވެ. ބެން-ގްވީރުގެ މި ބަސްމަގުން ހާމަވަނީ، އިސްރާއީލުން އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނައި، އެ ގައުމުތަކުގެ އިސްވެރިންނާ މެދު ގޮތް ނިންމުމަށް ކުރާ މަސައްކަތެވެ.
އިސްރާއީލަކީ ﷲ ބާވައިލެއްވި ޝަރުޢަށް ވެސް އެމީހުން އަމިއްލަ އަތްތަކުން ހަދާފައިވާ މަކުވާގެ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމެއް ނެތި، ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން ތިބި ނުލަފާ ބައެކެވެ. އެމީހުންގެ ހަރުކަށި ވަޒީރުން މިފަދަ މޭރުމުން ވާހަކަދެއްކުމަކީ، މުސްލިމް އުންމަތުގެ މެދުގައި އިތުރަށް ލޭއޮހޮރުވުން އިތުރުކުރުމަށް ދޭ ހިތްވަރެކެވެ. ޒަޔަނިސްޓުންގެ އަސްލު މަގްސަދަކީ ސޫރިޔާ ފަދަ އިސްލާމީ ގައުމުތައް ބަލިކަށިކޮށް، އެމީހުންގެ ބާރުގެ ދަށައް މުޅި ސަރަހައްދު ގެނައުމެވެ.
މިއަދުގެ ދުނިޔޭގައި އިޒްރޭލުގެ ނަމުގައި އުފެދިފައިވާ ދައުލަތާއި އޭގެ ވެރިންނަކީ، ހަޤީޤީ ޔަހޫދީ ދީނުގެ އަހުލުވެރިން ނުވަތަ ތައުރާތުގެ ތަޢުލީމުތަކަށް ތަބަޢަވާ ބައެއް ކަމުގައި ބެލެވޭކަށް ނެތެވެ. އަދި ކިއެއްތަ، އެއީ ތައުރާތުގައިވާ ސަމާވީ އުޞޫލުތަކާ ކަނޑައެޅިގެން ދެކޮޅުވެރި ބައެކެވެ. މި އިޒްރޭލުގައި އޮތް ވެރިކަމުގެ ބާރުވެރިންގެ އަޞްލަކީ އިބްލީހަށް އަޅުކަންކުރާ، ސިހުރުހާހޫރަ ހަދާ ބާބިލްގެ ސިހުރުވެރިންނެވެ. އެމީހުންނަކީ ﷲ އަށް އީމާންނުވާ، އިބްލީހަކީ އެމީހުންގެ ނޫރުގެ އިލާހު ކަމުގައި ދެކޭ، އަދި އެމީހުންނަކީ އިބްލީހުގެ ފަރާތުން “އިލުމައިޓް” ވެފައިވާ އިލުމިނައިޓީތަކެއް ކަމުގައި ދެކޭ ބައެކެވެ.
- ޝައިޚް އަޙްމަދު ބިން ޔަޙްޔާ އައްނަޖްމީ رحمه الله އެކަލޭގެފާނުގެ މަންހަޖާ ގުޅޭ ސުވާލާއި ޖަވާބު ފޮތުގައި ބަޔާންކުރައްވާފައިވެއެވެ. أَقُولُ إِنَّ الْمَاسُونِيَّةَ مُنَظَّمَةٌ يَهُودِيَّةٌ، قَصْدُ مِنْ إِنْشَائِهَا تَعْطِيلُ الشَّرَائِعِ، وَإِشَاعَةُ الْغَرَائِزِ وَالشَّهَوَاتِ، وَعِبَادَةُ الْمَادَّةِ “…އަހުރެން ބުނަމެވެ. ހަމަކަށަވަރުން މާސޫނިއްޔަތަކީ ޔަހޫދީ ޖަމާޢަތެކެވެ. އެ ޖަމާޢަތް އުފެއްދުމުގެ މަޤްޞަދަކީ (އިލާހީ) ޝަރީޢަތްތައް އުވާލުމާއި، އިންސާނާގެ ނަފްސާނީ އެދުންތަކާއި ޝަހުވަތްތައް ފެތުރުމާއި، އަދި މާއްދިއްޔަތަށް އަޅުކަންކުރުން (ދުނިޔޭގެ މާއްދީ ކަންކަމަށް ހުސްވުން) އިސްކުރުމެވެ.”
- ޝައިޚް ޢަބްދުލްޢަޒީޒް އައްރާޖިޙީ ވިދާޅުވެފައިވެއެވެ. الْمَاسُونِيَّةُ: جَمْعِيَّةٌ سِرِّيَّةٌ أَوْ مُنَظَّمَةٌ يَهُودِيَّةٌ هَدَفُهَا الْقَضَاءُ عَلَى الْعَقَائِدِ وَالْأَدْيَانِ “މާސޫނިއްޔަތަކީ: ސިއްރު ޖަމާޢަތެކެވެ. ނުވަތަ ޔަހޫދީންގެ ޖަމާޢަތެކެވެ. އެމީހުންގެ އަމާޒަކީ (ޞައްޙަ) ޢަޤީދާތަކާއި ދީންތައް ނައްތާލުމެވެ.” (“ފަވާޢިދު ފިލް ޢަޤާއިދު” (ނަންބަރު: 44)
މި ނުރައްކާތެރި ޖަމާޢަތަކީ ސުލައިމާން ޢަލައިހިއްސަލާމްގެ ތަޚްތުގެ ދަށުގައި ސިހުރު ހާހޫރަ ފޮތްތައް ވަޅުލައި، އެކަލޭގެފާނު މުޢުޖިޒާތެއްގެ ގޮތުން ކުރެއްވި ވެރިކަން، ސިހުރުގެ ބާރުގައި ކުރަން މަސައްކަތް ކުރާ ބައެކެވެ. މި މީހުން ދެކޭގޮތުގައި ސުލައިމާންގެފާނު ޖިންނީންނާއި ވަޔަށް ބާރު ފޯރުއްވީ އެ ފޮތްތަކުގައިވާ ސިހުރުގެ އުކުޅުތަކުންނެވެ. އިބްލީސް އެމީހުންނަށް ވިސްނުވައިދީފައިވަނީ ދާއިމީ ހަޔާތަކަށް ވާޞިލުވެވޭނީ ސުލައިމާންގެ ފައްޅި ބިނާކޮށް، އިބްލީހަށް ޤުރުބާނީތައް ކޮށްގެން ކަމަށެވެ. ޒަޔަނިސްޓުންގެ މި ރާހިބުންނަކީ “ކައްބަލާ” ސިހުރަށް ނިސްބަތްވާ ފްރީމޭސަނުންގެ އެންމެ މަތީ ދަރަޖައިގެ މީހުންނެވެ. އެމީހުންގެ އަސްލު އިންތިޒާރަކީ ދައްޖާލަށެވެ. އެމީހުން އިޒްރޭލުގެ ދައުލަތް ދަމަހައްޓަނީވެސް ދައްޖާލުގެ ބާރުތަކަށް މަގުފަހިކުރުމަށެވެ.

