!ނަތަންޔާހޫ ކަޅު ދަބަހުގައި ކޮންމެ މަހަކު ހަމާސްއަށް 35 މިލިއަން ޑޮލަރު

295 views

1 min read

ނަތަންޔާހޫ ކަޅު ދަބަހުގައި ކޮންމެ މަހަކު ހަމާސްއަށް 35 މިލިއަން ޑޮލަރު

[…]


ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ ސިޔާސީ މަސްރަޙަކީ އަބަދުވެސް އޮޅުންބޮޅުން ބޮޑު، އަދި އެތައް މަކަރާއި ހީލަތެއް އެކުލެވިގެންވާ މަސްރަޙެކެވެ. މިގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކުރެވޭ އެންމެ ބޮޑު އެއް ތުހުމަތަކީ، އޭނާގެ އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވި ކަމުގެ ތުހުމަތެވެ.

މި މައްސަލައިގެ އެންމެ ހައިރާންކުރުވަނިވި އެއް ނުކުތާއަކީ، ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނާއި ރިޝްވަތުގެ ތަޙުޤީޤުތައް ހިނގަމުންދިޔަ ދުވަސްވަރު، އޭނާ އިސްވެ ހުރެ ޙަމާސްއަށް ފައިސާ ލިބޭނެ މަގު ފަހިކޮށްދިނުމެވެ. އެކި މަޞްދަރުތަކުން ހާމަވާ ގޮތުގައި، އޭނާގެ މައްޗަށް ތަޙުޤީޤު ހިނގަމުންދިޔަ ދުވަސްވަރު، ކޮންމެ މަހަކު 35 މިލިއަން ޑޮލަރު ޤަޠަރުގެ ފަރާތުން ޙަމާސްއަށް ލިބޭނެ އިންތިޒާމުތައް އޭނާ ވަނީ ރާވައި ހަމަޖައްސާފައެވެ. މި ފައިސާ ޣައްޒާއަށް ވެއްދުމުގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މަގުފަހިކޮށްދީފައިވަނީ ސީދާ ނަތަންޔާހޫގެ އިރުޝާދުގެ މަތިންނެވެ.

މި ސިޔާސަތުގެ ފަހަތުގައި އޮތީ ނަތަންޔާހޫގެ ވަރަށް ފުން ރޭވުމެއް ކަމަށް ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެއީ ފަލަސްޠީނުގެ ދައުލަތެއް އުފެދުމަށް އޮތް ފުރުޞަތު ހަނިކުރުމެވެ. ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްޠީނުގެ ސަރުކާރާއި ޣައްޒާގައި އޮތް ޙަމާސްގެ ވެރިކަން ވަކިކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަކީ ނަތަންޔާހޫގެ އެންމެ ބޮޑު އަމާޒެވެ. ޙަމާސްއަށް މާލީ ގޮތުން އެހީތެރިވެގެން އެ ޖަމާޢަތް ދެމެހެއްޓުމަކީ، ފަލަސްޠީނުގެ ރައްޔިތުން ބައިބައިކޮށް ބަލިކަށިކޮށްލުމަށް އޭނާ ބޭނުންކުރި އުކުޅެކެވެ.

ނަތަންޔާހޫގެ މި އަމަލަކީ އޭނާގެ މައްޗަށް އުފުލިފައިވާ ކޮރަޕްޝަނުގެ ދައުވާތަކުން ސަލާމަތްވުމަށާއި، އިސްރާއީލުގެ ކަނާތު ފިޔަހުގެ ހަރުކަށި ސިޔާސީ މީހުންގެ ތާއީދު ހޯދުމަށް ކުރި ކަމެއްގެ ގޮތުގައިވެސް ސިފަކުރެވެއެވެ. “ކޮންމެ މަހަކު 35 މިލިއަން ޑޮލަރު” ޙަމާސްއަށް ވަންނަމުންދިޔަ ދިޔުމަކީ، ނަތަންޔާހޫގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ފަލަސްޠީނުގެ މައްސަލަ އިތުރަށް ގޯސްކުރަން އޭނާ ޖެހި މަޅިއެކެވެ.

ނަތީޖާއެއްގެ ގޮތުން، މިއަދު އިސްރާއީލުގެ އެތެރޭގައިވެސް ނަތަންޔާހޫއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ޣައްޒާގައި ހިނގަމުންދާ ނުތަނަވަސްކަމާއި، ޙަމާސްގެ ބާރުގަދަވުމުގެ އަސްލަކީ ނަތަންޔާހޫ އަމިއްލައަށް އުފެއްދި “މާލީ ވަޞީލަތްތަކެވެ.” މި މައްސަލައިން އެނގިގެންދަނީ، އަމިއްލަ ސިޔާސީ ކުރިއެރުމަށްޓަކައި ނަތަންޔާހޫއަކީ ކޮންމެފަދަ ނުރައްކާތެރި ކުޅިއެއްވެސް ކުޅެފާނެ މީހެއް ކަމެވެ.

މިއަދުގެ ދުނިޔޭގައި އިސްރާއީލުގެ ނަމުގައި އުފެދިފައިވާ ދައުލަތާއި އޭގެ ވެރިންނަކީ، ހަޤީޤީ ޔަހޫދީ ދީނުގެ އަހުލުވެރިން ނުވަތަ ތައުރާތުގެ އިހުގެ ތަޢުލީމުތަކަށް ތަބަޢަވާ ބައެއް ކަމުގައި ނުވެއެވެ. އަދި ކިއެއްތަ، އެއީ ތައުރާތުގައިވާ އުޞޫލުތަކާވެސް ކަނޑައެޅިގެން ދެކޮޅުވެރި ބައެކެވެ. މި ދައުލަތުގެ ވެރިކަމުގެ ބާރުވެރިންގެ އަޞްލަކީ އިބްލީހަށް އަޅުކަންކުރާ، ސިހުރުހާހޫރަ ހަދާ ބާބިލްގެ ސިހުރުވެރިންނެވެ. އެމީހުންނަކީ ﷲ އަށް އީމާންނުވާ، އިބްލީހަކީ އެމީހުންގެ ނޫރުގެ އިލާހު ކަމުގައި ދެކޭ، އަދި އެމީހުންނަކީ އިބްލީހުގެ ފަރާތުން “އިލުމައިޓް” ވެފައިވާ އިލުމިނައިޓީތަކެއް ކަމުގައި ދެކޭ ނުރައްކާތެރި ބައެކެވެ.

މި ނުރައްކާތެރި ޖަމާޢަތަކީ ސުލައިމާން ޢަލައިހިއްސަލާމްގެ ތަޚްތުގެ ދަށުގައި ސިހުރު ހާހޫރަ ފޮތްތައް ވަޅުލައި، އެކަލޭގެފާނު މުޢުޖިޒާތެއްގެ ގޮތުން ކުރެއްވި ވެރިކަން، ސިހުރުގެ ބާރުގައި ކުރަން މަސައްކަތް ކުރާ ބައެކެވެ. މި މީހުން ދެކޭގޮތުގައި ސުލައިމާންގެފާނު ޖިންނީންނާއި ވަޔަށް ބާރު ފޯރުއްވީ އެ ފޮތްތަކުގައިވާ ސިހުރުގެ އުކުޅުތަކުންނެވެ. އިބްލީސް އެމީހުންނަށް ވިސްނުވައިދީފައިވަނީ ދާއިމީ ހަޔާތަކަށް ވާޞިލުވެވޭނީ ސުލައިމާންގެ ފައްޅި ބިނާކޮށް، އިބްލީހަށް ޤުރުބާނީތައް ކޮށްގެން ކަމަށެވެ. ޒަޔަނިސްޓުންގެ މި ރާހިބުންނަކީ “ކައްބަލާ” ސިހުރަށް ނިސްބަތްވާ ފްރީމޭސަނުންގެ އެންމެ މަތީ ދަރަޖައިގެ މީހުންނެވެ. އެމީހުންގެ އަސްލު އިންތިޒާރަކީ ދައްޖާލަށެވެ. އެމީހުން އިޒްރޭލުގެ ދައުލަތް ދަމަހައްޓަނީވެސް ދައްޖާލުގެ ބާރުތަކަށް މަގުފަހިކުރުމަށެވެ.

الشَّيْخ العلامة مقبل بن هادي الو ادعي رحمه الله ވިދާޅުވެފައިވެ އެވެ.


“ފަހެ ޙަމާސް ޖަމާޢަތަކީ ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތް ނަހީކުރުމުގައިވާ ޖަމާޢަތެއް ނޫނެވެ. ފަހެ، އެއީ ޙިޒްބީ ޖަމާޢަތެކެވެ. އެމީހުންނަކީ أَهْلُ السنَّة ގެ މައްޗަށް އިންކާރުކުރާ ބައެކެވެ. އެބައިމީހުންގެ ތެރޭގައި ޝީޢީން، އިޚްވާނީން، ޙިޒްބީން، (މި އެންމެހައި ވައްތަރުތަކެއްގެ މީހުންވެ އެވެ.) އެބައިމީހުންނަށް ނަޞްރު ލިބިއްޖެ ކަމުގައިވާނަމަ، އަފްޣާނިސްތާނުގައި ކަންތައް ކުރިފަދައިން، އެއްބަޔަކު އަނެއްބަޔަކުގެ ގަޔަށް ބަޑިޖަހައި އެއްބަޔަކު އަނެއްބަކަކު ޤަތުލުކުރާނެ އެވެ. ސަބަބަކީ އެބައިމީހުންނަކީ އެކައްޗެއްގެ މައްޗަށް ޖަމަޢަވެގެންވާ ބައެއް ނޫނެވެ.” تحفة المجيب على أسئلة الحاضر والغريب 9 محرم 1417ه

  • ޝައިޚް އަލްއަލްބާނީ رحمه الله ވިދާޅުވެފައިވެއެވެ. الْمَاسُونِيَّةُ هِيَ جَمْعِيَّةٌ سِرِّيَّةٌ يَهُودِيَّةٌ وَتَعْمَلُ بِمَكْرٍ شَدِيدٍ جِدًّا (“ސިލްސިލަތުލް ހުދާ ވަންނޫރު” (ކެސެޓް ނަންބަރު: 420) “މާސޫނިއްޔަތަކީ ޔަހޫދީންގެ ސިއްރު ޖަމާޢަތެކެވެ. އަދި އެބައިމީހުން މަސައްކަތްކުރަނީ އިންތިހާއަށް ނުބައިވެގެންވާ މަކަރުވެރި ރޭވުންތަކެއްގެ މަތީގައެވެ.”
  • ޝައިޚް އަޙްމަދު ބިން ޔަޙްޔާ އައްނަޖްމީ رحمه الله އެކަލޭގެފާނުގެ މަންހަޖާ ގުޅޭ ސުވާލާއި ޖަވާބު ފޮތުގައި ބަޔާންކުރައްވާފައިވެއެވެ. أَقُولُ إِنَّ الْمَاسُونِيَّةَ مُنَظَّمَةٌ يَهُودِيَّةٌ، قَصْدُ مِنْ إِنْشَائِهَا تَعْطِيلُ الشَّرَائِعِ، وَإِشَاعَةُ الْغَرَائِزِ وَالشَّهَوَاتِ، وَعِبَادَةُ الْمَادَّةِ “…އަހުރެން ބުނަމެވެ. ހަމަކަށަވަރުން މާސޫނިއްޔަތަކީ ޔަހޫދީ ޖަމާޢަތެކެވެ. އެ ޖަމާޢަތް އުފެއްދުމުގެ މަޤްޞަދަކީ (އިލާހީ) ޝަރީޢަތްތައް އުވާލުމާއި، އިންސާނާގެ ނަފްސާނީ އެދުންތަކާއި ޝަހުވަތްތައް ފެތުރުމާއި، އަދި މާއްދިއްޔަތަށް އަޅުކަންކުރުން (ދުނިޔޭގެ މާއްދީ ކަންކަމަށް ހުސްވުން) އިސްކުރުމެވެ.”
  • ޝައިޚް ޢަބްދުލްޢަޒީޒް އައްރާޖިޙީ ވިދާޅުވެފައިވެއެވެ. الْمَاسُونِيَّةُ: جَمْعِيَّةٌ سِرِّيَّةٌ أَوْ مُنَظَّمَةٌ يَهُودِيَّةٌ هَدَفُهَا الْقَضَاءُ عَلَى الْعَقَائِدِ وَالْأَدْيَانِ “މާސޫނިއްޔަތަކީ: ސިއްރު ޖަމާޢަތެކެވެ. ނުވަތަ ޔަހޫދީންގެ ޖަމާޢަތެކެވެ. އެމީހުންގެ އަމާޒަކީ (ޞައްޙަ) ޢަޤީދާތަކާއި ދީންތައް ނައްތާލުމެވެ.” (“ފަވާޢިދު ފިލް ޢަޤާއިދު” (ނަންބަރު: 44)
  • ޝެއިޚް އިބްނު ބާޒް رحمه الله ވިދާޅުވިއެވެ. ٱلْمَاسُونِيَّةُ مَعْرُوفَةٌ عِنْدَ ٱلنَّاسِ، وَهِيَ جَمَاعَةٌ سِرِّيَّةٌ، މާސޫނިއްޔަތު (ފްރީމޭސަނަރީ) އަކީ މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ، ނަމަވެސް ސިއްރުވެރިކަން ބޮޑު ޖަމާޢަތެކެވެ. وَهُمْ فِي ٱلْبَاطِنِ يَدْعُونَ إِلَى نَبْذِ ٱلْأَدْيَانِ، وَنَبْذِ ٱلْأَوَامِرِ وَٱلنَّوَاهِي. وَأَنَّ ٱلنَّاسَ يَبْقَوْنَ عَلَى حَالِهِمُ ٱلْأُولَى، لَا إِلٰهَ، وَلَا رَبَّ، وَلَا نَبِيَّ، وَلَا شَرِيعَةَ، وَلَا شَيْءَ – يَعْنِي فِي ٱلْبَاطِنِ هُمْ يُحَارِبُونَ ٱلشَّرَائِعَ، وَٱلْأَوَامِرَ، وَٱلنَّوَاهِي – وَيَبْقَى ٱلْإِنْسَانُ أَخُو ٱلْإِنْسَانِ بِأَنَّهُ ٱبْنُ آدَمَ وَبَسْ “ނަމަވެސް، އެމީހުންގެ އެތެރެފުށުގެ އަސްލު މަޤްޞަދަކީ ހުރިހާ ދީންތަކެއް އުކާލުމަށާއި، ދީނީ އަމުރުފުޅުތަކާއި ނަހީތަކަށް ފުރަގަސްދިނުމަށް ގޮވާލުމެވެ. އެމީހުން ބޭނުންވަނީ ކަލަކު، ރަސޫލަކު ނުވަތަ ޝަރީޢަތެއް އަދި އެއްވެސް ދީނީ އަސާސެއް ނެތް، އިންސާނާގެ އެންމެ ކުރީގެ (ލާދީނީ މުލްޙިދު ހާލުގައިތިބި) ޙާލަތަށް މީސްތަކުން ރުޖޫޢަކުރުމަށެވެ. އެބަހީ، އެމީހުން ސިއްރުގޮތެއްގައި ކުރާ މަސައްކަތަކީ މާތްﷲ ބާވައިލެއްވި ޝަރީޢަތްތަކާއި، އަމުރުފުޅުތަކާއި ނަހީތަކާ ދެކޮޅަށް ހަނގުރާމަކުރުމެވެ. އަދި އެމީހުންގެ ނަޒަރުގައި އިންސާނީ ގުޅުމަކީ ހަމައެކަނި އާދަމުގެ ދަރިއަކަށް ވީތީ އޮންނަ ގުޅުމެއް ކަމުގައި ހެދުމެވެ.”