އިސްރާއީލުގެ ކަނާތުފިޔައިގެ ފޮރުވިފައިވާ ފްރީމޭސަނުންގެ ރޭވުންތަކާއި އިޚްވާނީ ރާފިޟީ ހަމާސްގެ ބާރުވެރިކުރުން

382 views

1 min read

“މިއަދު ކަނާތުފިޔައިގެ ނަޒަރުގައި އިސްރާއީލުގެ ކޮންމެ ގައުމީ ލޯބިވެރިއަކު ވެސް ފުރިހަމަ ހިތުން ޣައްޒާގައި ހަމާސްގެ ވެރިކަމަށް ތާއީދު ކުރަން ޖެހޭ” ކަމަށެވެ.

[…]


މިއަދުގެ ދުނިޔޭގައި އިސްރާއީލުގެ ނަމުގައި އުފެދިފައިވާ ދައުލަތާއި އޭގެ ވެރިންނަކީ، ހަޤީޤީ ޔަހޫދީ ދީނުގެ އަހުލުވެރިން ނުވަތަ ތައުރާތުގެ އިހުގެ ތަޢުލީމުތަކަށް ތަބަޢަވާ ބައެއް ކަމުގައި ނުވެއެވެ. އަދި ކިއެއްތަ، އެއީ ތައުރާތުގައިވާ އުޞޫލުތަކާވެސް ކަނޑައެޅިގެން ދެކޮޅުވެރި ބައެކެވެ. މި ދައުލަތުގެ ވެރިކަމުގެ ބާރުވެރިންގެ އަޞްލަކީ އިބްލީހަށް އަޅުކަންކުރާ، ސިހުރުހާހޫރަ ހަދާ ބާބިލްގެ ސިހުރުވެރިންނެވެ. އެމީހުންނަކީ ﷲ އަށް އީމާންނުވާ، އިބްލީހަކީ އެމީހުންގެ ނޫރުގެ އިލާހު ކަމުގައި ދެކޭ، އަދި އެމީހުންނަކީ އިބްލީހުގެ ފަރާތުން “އިލުމައިޓް” ވެފައިވާ އިލުމިނައިޓީތަކެއް ކަމުގައި ދެކޭ ނުރައްކާތެރި ބައެކެވެ.

މި ނުރައްކާތެރި ޖަމާޢަތަކީ ސުލައިމާން ޢަލައިހިއްސަލާމްގެ ތަޚްތުގެ ދަށުގައި ސިހުރު ހާހޫރަ ފޮތްތައް ވަޅުލައި، އެކަލޭގެފާނު މުޢުޖިޒާތެއްގެ ގޮތުން ކުރެއްވި ވެރިކަން، ސިހުރުގެ ބާރުގައި ކުރަން މަސައްކަތް ކުރާ ބައެކެވެ. މި މީހުން ދެކޭގޮތުގައި ސުލައިމާންގެފާނު ޖިންނީންނާއި ވަޔަށް ބާރު ފޯރުއްވީ އެ ފޮތްތަކުގައިވާ ސިހުރުގެ އުކުޅުތަކުންނެވެ. އިބްލީސް އެމީހުންނަށް ވިސްނުވައިދީފައިވަނީ ދާއިމީ ހަޔާތަކަށް ވާޞިލުވެވޭނީ ސުލައިމާންގެ ފައްޅި ބިނާކޮށް، އިބްލީހަށް ޤުރުބާނީތައް ކޮށްގެން ކަމަށެވެ. ޒަޔަނިސްޓުންގެ މި ރާހިބުންނަކީ “ކައްބަލާ” ސިހުރަށް ނިސްބަތްވާ ފްރީމޭސަނުންގެ އެންމެ މަތީ ދަރަޖައިގެ މީހުންނެވެ. އެމީހުންގެ އަސްލު އިންތިޒާރަކީ ދައްޖާލަށެވެ. އެމީހުން އިޒްރޭލުގެ ދައުލަތް ދަމަހައްޓަނީވެސް ދައްޖާލުގެ ބާރުތަކަށް މަގުފަހިކުރުމަށެވެ.

މިފަދަ ނުބައި މަޤްޞަދެއްގައި ތިބި ބަޔަކު، ފަލަސްޠީނުގެ މިނިވަންކަން ނައްތާލުމަށްޓަކައި ވަނީ ބޮޑެތި ރޭވުންތަކެއް ރާވާފައެވެ. މިގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި އިސްރާއީލުގެ ކަނާތުފިޔައިގެ ސިޔާސީ ފަރާތްތަކުން ވަނީ ފާޅުގައި ހަމާސް ޣައްޒާގެ ވެރިކަމުގައި ބަހައްޓަން ބޭނުންވާކަމަށް ބުނެފައެވެ. އައިޑީއެފްގެ ކުރީގެ މޭޖަރ ޖެނެރަލް ގޭރްޝޮން ހަކޯހެން ވިދާޅުވެފައިވަނީ، “މިއަދު ކަނާތުފިޔައިގެ ނަޒަރުގައި އިސްރާއީލުގެ ކޮންމެ ގައުމީ ލޯބިވެރިއަކު ވެސް ފުރިހަމަ ހިތުން ޣައްޒާގައި ހަމާސްގެ ވެރިކަމަށް ތާއީދު ކުރަން ޖެހޭ” ކަމަށެވެ.

އިސްރާއީލުގެ ކަނާތުފިޔައިގެ ނަޒަރުގައި އިސްރާއީލަށް އޮތް ހަގީގީ ނުރައްކަލަކީ އެމީހުން ބުނާ ގޮތުން ހަމާސްގެ އަނިޔާވެރިކަމާއި ޓެރަރިޒަމެއް ނޫނެވެ. އެމީހުން އެންމެ ބިރުގަންނަ ކަމަކީ ޕީއެލްއޯގެ މަޙްމޫދު އައްބާސް އާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައިސް، ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރަން ޖެހިދާނެތީއެވެ. މި ނުރައްކަލާ ދެކޮޅަށް ކުރާ މަސައްކަތުގައި އެމީހުން ހަމާސް ދެކެނީ ފިކުރީ ބައިވެރިއެއްގެ ގޮތުގައެވެ. ސަބަބަކީ ހަމާސްއަކީވެސް އައްބާސްއާ ދެކޮޅު ހަދާ ބަޔަކަށް ވެފައި، ޣައްޒާގައި ވެރިކަންކުރާ ޕީއޭ އަށް ހަމާސްގެ އެއްވެސް މަސްލަހަތެއް ނެތުމެވެ.

20171114-hamaas01.jpg

ހަކޯހެން އިތުރަށް ވިދާޅުވި ގޮތުގައި، ހަމާސް ވަރުގަދަ ކުރާ ކޮންމެ ކަމަކީ އިސްރާއީލުގެ މި ދެންނެވި ނުބައި އެޖެންޑާއަށް ލިބޭ ކުރިއެރުމެކެވެ. އަދި ހަމާސް ބަލިކަށިވާ ކޮންމެ ކަމަކީ އިސްރާއީލުގެ އިސްތިޢުމާރީ ރޭވުންތަކަށް އޮތް ހުރަހެކެވެ. 

މި ހަގީގަތްތަކަށް ބާރުދޭ އިތުރު ހެކިތަކެއް 2009 ވަނަ އަހަރު ވޯލް ސްޓްރީޓް ޖާނަލްގައި ޝާއިޢުކުރި “How Israel Helped to Spawn Hamas” ކިޔާ މަޒުމޫނަކުން ފެންނަން އެބައޮތެވެ. އެ ދުވަސްވަރު ޣައްޒާގެ ޔަހޫދީ މުލްޙިދުންގެ ދީނުގެ ކަންކަމާ ބެހޭ އިސްރާއީލުގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އަވްނަރ ކޯހެން ވިދާޅުވެފައިވަނީ، “އަހަރެން ހިތާމަކުރާ ކަމަކީ، ހަމާސް އަކީ އިސްރާއީލުން އުފެއްދި އެއްޗެއް” ކަމަށެވެ. މި ހުރިހާ ކަމަކުން ހާމަވަނީ ފަލަސްޠީނުގެ ރައްޔިތުން ބައިބައިކޮށް، އެމީހުންގެ މިނިވަންކަމުގެ ރޫހު ނައްތާލުމަށްޓަކައި ޒަޔަނިސްޓުން ގެންގުޅޭ މަކަރުވެރި އަދި ނުބައި ރޭވުންތަކެވެ. އެމީހުންގެ އަސްލު މިޞްރާބު ހުރީ ދައްޖާލަށް މަގުފަހިކޮށް، މުޅި ދުނިޔެއަށް އެމީހުންގެ ނުބައި ބާރު ފެތުރުމަށެވެ.

How Israel helped prop up Hamas for decades
 
 

Israel gave major to aid to Hamas Feb. 24, 2001