ނަތަންޔާހޫގެ ނުބައި ރޭވުން: ހަމާސް ހަތިޔާރުވެރިކޮށް ވަރުގަދަކުރުމާއި ފަލަސްޠީނު ދައުލަތް ނައްތާލުން

501 views

1 min read

ނަތަންޔާހޫ ބުނެފައިވަނީ، “ފަލަސްތީނުގެ ދައުލަތެއް ގާއިމްވުން ހުއްޓުވަން ބޭނުންވާ ކޮންމެ މީހަކު ވެސް ހަމާސް ވަރުގަދަކޮށް ހަމާސްއަށް ފައިސާ ބަދަލުކުރުމަށް ތާއީދު ކުރަން ޖެހޭނެ،”

[…]


މިއަދުގެ ދުނިޔޭގައި އިޒްރޭލުގެ ނަމުގައި އުފެދިފައިވާ ދައުލަތާއި އޭގެ ވެރިންނަކީ، ހަޤީޤީ ޔަހޫދީ ދީނުގެ އަހުލުވެރިން ނުވަތަ ތައުރާތުގެ ތަޢުލީމުތަކަށް ތަބަޢަވާ ބައެއް ކަމުގައި ބެލެވޭކަށް ނެތެވެ. އަދި ކިއެއްތަ، އެއީ ތައުރާތުގައިވާ ސަމާވީ އުޞޫލުތަކާ ކަނޑައެޅިގެން ދެކޮޅުވެރި ބައެކެވެ. މި އިޒްރޭލުގައި އޮތް ވެރިކަމުގެ ބާރުވެރިންގެ އަޞްލަކީ އިބްލީހަށް އަޅުކަންކުރާ، ސިހުރުހާހޫރަ ހަދާ ބާބިލްގެ ސިހުރުވެރިންނެވެ. އެމީހުންނަކީ ﷲ އަށް އީމާންނުވާ، އިބްލީހަކީ އެމީހުންގެ ނޫރުގެ އިލާހު ކަމުގައި ދެކޭ، އަދި އެމީހުންނަކީ އިބްލީހުގެ ފަރާތުން “އިލުމައިޓް” ވެފައިވާ އިލުމިނައިޓީތަކެއް ކަމުގައި ދެކޭ ބައެކެވެ.

  • ޝައިޚް އަޙްމަދު ބިން ޔަޙްޔާ އައްނަޖްމީ رحمه الله އެކަލޭގެފާނުގެ މަންހަޖާ ގުޅޭ ސުވާލާއި ޖަވާބު ފޮތުގައި ބަޔާންކުރައްވާފައިވެއެވެ. أَقُولُ إِنَّ الْمَاسُونِيَّةَ مُنَظَّمَةٌ يَهُودِيَّةٌ، قَصْدُ مِنْ إِنْشَائِهَا تَعْطِيلُ الشَّرَائِعِ، وَإِشَاعَةُ الْغَرَائِزِ وَالشَّهَوَاتِ، وَعِبَادَةُ الْمَادَّةِ “…އަހުރެން ބުނަމެވެ. ހަމަކަށަވަރުން މާސޫނިއްޔަތަކީ ޔަހޫދީ ޖަމާޢަތެކެވެ. އެ ޖަމާޢަތް އުފެއްދުމުގެ މަޤްޞަދަކީ (އިލާހީ) ޝަރީޢަތްތައް އުވާލުމާއި، އިންސާނާގެ ނަފްސާނީ އެދުންތަކާއި ޝަހުވަތްތައް ފެތުރުމާއި، އަދި މާއްދިއްޔަތަށް އަޅުކަންކުރުން (ދުނިޔޭގެ މާއްދީ ކަންކަމަށް ހުސްވުން) އިސްކުރުމެވެ.”
  • ޝައިޚް ޢަބްދުލްޢަޒީޒް އައްރާޖިޙީ ވިދާޅުވެފައިވެއެވެ. الْمَاسُونِيَّةُ: جَمْعِيَّةٌ سِرِّيَّةٌ أَوْ مُنَظَّمَةٌ يَهُودِيَّةٌ هَدَفُهَا الْقَضَاءُ عَلَى الْعَقَائِدِ وَالْأَدْيَانِ “މާސޫނިއްޔަތަކީ: ސިއްރު ޖަމާޢަތެކެވެ. ނުވަތަ ޔަހޫދީންގެ ޖަމާޢަތެކެވެ. އެމީހުންގެ އަމާޒަކީ (ޞައްޙަ) ޢަޤީދާތަކާއި ދީންތައް ނައްތާލުމެވެ.” (“ފަވާޢިދު ފިލް ޢަޤާއިދު” (ނަންބަރު: 44)

މި ނުރައްކާތެރި ޖަމާޢަތަކީ ސުލައިމާން ޢަލައިހިއްސަލާމްގެ ތަޚްތުގެ ދަށުގައި ސިހުރު ހާހޫރަ ފޮތްތައް ވަޅުލައި، އެކަލޭގެފާނު މުޢުޖިޒާތެއްގެ ގޮތުން ކުރެއްވި ވެރިކަން، ސިހުރުގެ ބާރުގައި ކުރަން މަސައްކަތް ކުރާ ބައެކެވެ. މި މީހުން ދެކޭގޮތުގައި ސުލައިމާންގެފާނު ޖިންނީންނާއި ވަޔަށް ބާރު ފޯރުއްވީ އެ ފޮތްތަކުގައިވާ ސިހުރުގެ އުކުޅުތަކުންނެވެ. އިބްލީސް އެމީހުންނަށް ވިސްނުވައިދީފައިވަނީ ދާއިމީ ހަޔާތަކަށް ވާޞިލުވެވޭނީ ސުލައިމާންގެ ފައްޅި ބިނާކޮށް، އިބްލީހަށް ޤުރުބާނީތައް ކޮށްގެން ކަމަށެވެ. ޒަޔަނިސްޓުންގެ މި ރާހިބުންނަކީ “ކައްބަލާ” ސިހުރަށް ނިސްބަތްވާ ފްރީމޭސަނުންގެ އެންމެ މަތީ ދަރަޖައިގެ މީހުންނެވެ. އެމީހުންގެ އަސްލު އިންތިޒާރަކީ ދައްޖާލަށެވެ. އެމީހުން އިޒްރޭލުގެ ދައުލަތް ދަމަހައްޓަނީވެސް ދައްޖާލުގެ ބާރުތަކަށް މަގުފަހިކުރުމަށެވެ.

މިފަދަ ނުބައި މަޤްޞަދެއްގައި ތިބި ބަޔަކު، ފަލަސްޠީނުގެ މިނިވަންކަން ނައްތާލުމަށްޓަކައި ވަނީ ބޮޑެތި ރޭވުންތަކެއް ރާވާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބެންޖަމިން ނަތަންޔާހޫ، ހަމާސްއަށް ފައިސާ ފޯރުކޮށްދީ އެ ޖަމާޢަތް ވަރުގަދަ ކުރަން މަސައްކަތް ކުރުމެވެ. 2019 ވަނަ އަހަރުގެ މާޗް މަހު ނަތަންޔާހޫ ބުނެފައިވަނީ، “ފަލަސްތީނުގެ ދައުލަތެއް ގާއިމްވުން ހުއްޓުވަން ބޭނުންވާ ކޮންމެ މީހަކު ވެސް ހަމާސް ވަރުގަދަކޮށް ހަމާސްއަށް ފައިސާ ބަދަލުކުރުމަށް ތާއީދު ކުރަން ޖެހޭނެ،” ކަމަށެވެ. މީގެ ބޭނުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމެވެ.

ނަތަންޔާހޫގެ އިސްތިރާތީޖީއަކީ ޣައްޒާގައި ތިބި ފަލަސްޠީނު މީހުންނާއި ހުޅަނގު އައްސޭރީގައި ތިބި މީހުންނާ ދެމެދު އޮތް ގުޅުން ކަނޑާލައި، އެކަކު އަނެކަކާ އެކަހެރިކުރުމެވެ. އިޒްރޭލުގެ ނޫސް “ހާރެޓްޒް” އިން ސިފަކޮށްފައިވާ ގޮތުގައި، ނަތަންޔާހޫގެ މުޅި ހަޔާތުގެ މަސައްކަތަކީ ދެ ދައުލަތުގެ ހައްލު މުސްތަޙީލު ކުރުމެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި އޭނާ ވަނީ ހަމާސްއަކީ ބައިވެރިއެއްގެ ގޮތުގައި ބޭނުންކޮށްފައެވެ.

ހަޤީޤަތުގައި މި ވެރިންނަކީ ޔަހޫދީންނާއި، ނަޞާރާއިންނާއި، އިސްލާމުން ކީއްކުރަން އެއްވެސް އިންސާނަކު ޤަތުލުކުރަން ފަސްނުޖެހޭނެ ބައެކެވެ. އެމީހުން ދެކޭ ގޮތުގައި އެމީހުންގެ ޝައިޠާނީ މަޤްޞަދުތައް ހާޞިލުވާނީ ފަލަސްޠީނުގެ ބިމުގައި މެދުނުކެނޑި ހަނގުރާމަތައް ހިންގައިގެންނެވެ. މިއީ ޔައުޤޫބް ޢަލައިހިއްސަލާމްގެ ދަރިކަލުން ޔަހޫޒާގެ ނަޞްލަށް ހަޤީޤަތުގައި ނިސްބަތްވާ ބައެއް ކަމުގައިވެސް ނުބެލެވެއެވެ. މިބައިމީހުން އުޅެނީ ނަޞްލުވެސް އޮޅުވާލައިގެން ކަމުގައިވެއެވެ. މިއީ މުޅި އިންސާނިއްޔަތަށް ހުރި ނުރައްކަލެކެވެ. އެމީހުންގެ ރޭވުންތަކަކީ ހަމައެކަނި ސިޔާސީ ރޭވުންތަކެއް ނޫނެވެ. އެއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ފެށިގެން އަންނަ، ސިހުރާއި ޝައިޠާނީ ބާރުތަކުގެ މައްޗަށް ބިނާވެފައިވާ ވަރަށް ނުބައި ރޭވުންތަކެކެވެ.

Warning: Benjamin Netanyahu is walking right into Hamas’s trap | Jonathan Freedland | The Guardian

For years, Netanyahu propped up Hamas. Now it’s blown up in our faces 

Analysis Another Concept Implodes: Israel Can’t Be Managed by a Criminal Defendantb