ޒަޔަނިސްޓު ޕާޓީގެ ލީޑަރު ބުނީ ހަމާސް އަކީ އިޒްރޭލުގެ މަޤްޞާދުތައް ހާޞިލްކުރުމަށް އިސްތިރާޖީ އެސެޓެއް ކަމަށް!

282 views

1 min read

2015 ގައި އިސްރާއީލުގެ ދީނީ ޒަޔަނިސްޓް ޕާޓީގެ ލީޑަރު ބެޒާލެލް ސްމޮޓްރިޗް ވަނީ އަބާސްގެ ޕާޓީ ޕީއެލްއޯ އަކީ ލައިބިލިޓީއެއް ކަމަށާއި ހަމާސް އަކީ އެސެޓެއް ކަމަށް ބުނެފަ

[…]


މިއަދުގެ ދުނިޔޭގައި އިޒްރޭލުގެ ނަމުގައި އުފެދިފައިވާ ދައުލަތާއި އޭގެ ވެރިންނަކީ، ހަޤީޤީ ޔަހޫދީ ދީނުގެ އަހުލުވެރިން ނުވަތަ ތައުރާތުގެ ތަޢުލީމުތަކަށް ތަބަޢަވާ ބައެއް ކަމުގައި ބެލެވޭކަށް ނެތެވެ. އަދި ކިއެއްތަ، އެއީ ތައުރާތުގައިވާ އުޞޫލުތަކާ ދެކޮޅުވެރި ބައެކެވެ. މި އިޒްރޭލުގައި އޮތް ވެރިކަމުގެ ބާރުވެރިންގެ އަޞްލަކީ އިބްލީހަށް އަޅުކަންކުރާ، ސިހުރުހާހޫރަ ހަދާ ބާބިލްގެ ސިހުރުވެރިންނެވެ. އެމީހުންނަކީ ﷲ އަށް (ކަލާނގެއަށް) އީމާންނުވާ، އިބްލީހަކީ އެމީހުންގެ ނޫރުގެ އިލާހު (އެންލައިޓްކުރާ ފަރާތް) ކަމުގައި ދެކޭ، އަދި އެމީހުންނަކީ އިބްލީހުގެ ފަރާތުން “އިލުމައިޓް” ވެފައިވާ އިލުމިނައިޓީތަކެއް ކަމުގައި ދެކޭ ބައެކެވެ.

  • ޝައިޚް އަޙްމަދު ބިން ޔަޙްޔާ އައްނަޖްމީ رحمه الله އެކަލޭގެފާނުގެ މަންހަޖާ ގުޅޭ ސުވާލާއި ޖަވާބު ފޮތުގައި ބަޔާންކުރައްވާފައިވެއެވެ. أَقُولُ إِنَّ الْمَاسُونِيَّةَ مُنَظَّمَةٌ يَهُودِيَّةٌ، قَصْدُ مِنْ إِنْشَائِهَا تَعْطِيلُ الشَّرَائِعِ، وَإِشَاعَةُ الْغَرَائِزِ وَالشَّهَوَاتِ، وَعِبَادَةُ الْمَادَّةِ “…އަހުރެން ބުނަމެވެ. ހަމަކަށަވަރުން މާސޫނިއްޔަތަކީ ޔަހޫދީ ޖަމާޢަތެކެވެ. އެ ޖަމާޢަތް އުފެއްދުމުގެ މަޤްޞަދަކީ (އިލާހީ) ޝަރީޢަތްތައް އުވާލުމާއި، އިންސާނާގެ ނަފްސާނީ އެދުންތަކާއި ޝަހުވަތްތައް ފެތުރުމާއި، އަދި މާއްދިއްޔަތަށް އަޅުކަންކުރުން (ދުނިޔޭގެ މާއްދީ ކަންކަމަށް ހުސްވުން) އިސްކުރުމެވެ.”
  • ޝައިޚް ޢަބްދުލްޢަޒީޒް އައްރާޖިޙީ ވިދާޅުވެފައިވެއެވެ. الْمَاسُونِيَّةُ: جَمْعِيَّةٌ سِرِّيَّةٌ أَوْ مُنَظَّمَةٌ يَهُودِيَّةٌ هَدَفُهَا الْقَضَاءُ عَلَى الْعَقَائِدِ وَالْأَدْيَانِ “މާސޫނިއްޔަތަކީ: ސިއްރު ޖަމާޢަތެކެވެ. ނުވަތަ ޔަހޫދީންގެ ޖަމާޢަތެކެވެ. އެމީހުންގެ އަމާޒަކީ (ޞައްޙަ) ޢަޤީދާތަކާއި ދީންތައް ނައްތާލުމެވެ.” (“ފަވާޢިދު ފިލް ޢަޤާއިދު” (ނަންބަރު: 44)

މި ޖަމާޢަތަކީ ސުލައިމާން ޢަލައިހިއްސަލާމްގެ ތަޚްތުގެ ދަށުގައި ސިހުރު ހާހޫރަ ފޮތްތައް ވަޅުލައި، އެކަލޭގެފާނު އެއްވެސް އިންސާނަކަށް ނުލިބޭ ފަދަ ބާރުވެރިކަމަކުން ވެރިކަން ކުރެއްވި ފަދައިން ވެރިކަން ކުރަން މަސައްކަތް ކުރާ ޖަމާޢަތެކެވެ. މި މީހުން ބުނާ ގޮތުގައި ސުލައިމާންގެފާނު ޖިންނީންނާއި، ވަޔާއި އެކި ކަންކަމަށް ބާރު ފޯރުއްވީ އެ ފޮތްތަކުގައިވާ ކަންކަމަށް ތަބަޢަވެގެންނެވެ. އިބްލީސް އެމީހުންނަށް ވިސްނުވައިދިނީ އެ ބާރުވެރިކަމާއި ދާއިމީ ހަޔާތަށް (އިޓާރނަލް ލައިފަށް) ދެވޭނީ ސުލައިމާންގެ ފައްޅި ބިނާކޮށް އިބްލީހަށް ޤުރުބާނީތައް ކޮށްގެން ކަމަށެވެ. ޔަހޫދީންގެ މި ޒަޔަނިސްޓު ރާހިބުންނަކީ މި “ކައްބަލާ” ސިހުރަށް ނިސްބަތްވާ ފްރީމޭސަނުންގެ އެންމެ މަތީ ދަރަޖައިގެ ޖަމާޢަތެވެ. ހަޤީޤަތުގައި އެމީހުން އިންތިޒާރު ކުރަމުންދަނީ ދައްޖާލަށެވެ. ދައްޖާލު ގެންނަ، އެއްވެސް މާއްދީ ޓެކްނޮލޮޖީއަކުން ކިޔައިދޭން ނޭނގޭ ފަދަ ބާރުތަކަށް ވާޞިލުވުމަށް އެމީހުން ކުރާ މަސައްކަތުގެ ތެރެއިން މެނުވީ އިޒްރޭލު ނުވެއެވެ. އެހެންކަމުން، އިޒްރޭލުގެ ވެރިންނަކީ ޔަހޫދީންނާއި، ނަޞާރާއިންނާއި، އިސްލާމުން ކީއްކުރަން އެއްވެސް ބަޔަކު ޤަތުލުކުރަން ފަސްނުޖެހޭނެ ބައެކެވެ. އެމީހުންގެ މި މަޤްޞަދު ހާޞިލުވާނީ ފަލަސްޠީނު އޮތް ސަރަޙައްދުގައި ހަނގުރާމަތައް ހިންގުވައިގެން ކަމުގައި އެމީހުން ދެކެއެވެ.

މި ނުރައްކާތެރި ރޭވުމުގެ ތެރެއިން، ހަމާސް އަކީ ފަލަސްޠީނުގެ މީހުންގެ ބިމާއި މުދާ ނައްތާލުމުގެ ދިގު މުއްދަތުގެ އަމާޒުތަކަށް ގެންގުޅޭ “ސްޓްރެޓެޖިކް އެސެޓެއް” ނުވަތަ އިސްތިރާޖީ ވަސީލަތެކެވެ. އިޒްރޭލުން ހަމާސް ދެކެ ލޯބިވާއިރު، ފަލަސްޠީނުގެ މަޙްމޫދު އައްބާސްގެ ވެސްޓް ބޭންކުގައި އޮތް ވެރިކަމަށް ނަފްރަތުކުރެއެވެ. ހަމާސް އަކީ އެސެޓެއް ކަމަށާއި އައްބާސް އަކީ ބުރައެއް ކަމަށް އެމީހުން ދެކެއެވެ. “އިސްރާއީލުގެ ހައްގުގެ ނަޒަރުގައި އިސްރާއީލަށް އޮތް ހަގީގީ ނުރައްކަލަކީ ހަމާސްގެ އަނިޔާވެރިކަމާއި ޓެރަރިޒަމް ނޫން — ނުރައްކަލަކީ ޕީއެލްއޯ އާއި އައްބާސް އާއި ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމާ އެކު ސުލްހައިގެ އެއްބަސްވުން” މިއީ ހަޤީޤަތެވެ.

މި ސަބަބަށްޓަކައި، މި ސަރަޙައްދުގެ މުސްލިމް ލީޑަރުންގެ ތެރެއިން ވިސްނުންތޫނު އަދި ކުރިއަށް ވިސްނާ ބޭފުޅުން ވަނީ އިޒްރޭލުގެ ތެރޭގައި އުފެދިފައިވާ އޮތް އިބިލީހަށް އަޅުކަންކުރާ ހަނގުރާމަވެރި ރޫޙު މަރާލުމަށްޓަކައި، މި ސަރަޙައްދުގައި ސުލްޙައާއި، މަޝްވަރާއާއި، ހަމަޖެހުމުގެ މަގު އިޚްތިޔާރު ކުރައްވާފައެވެ. އެއީ ހަނގުރާމައިން ފައިދާ ހޯދާ، މި އިބިލީހަށް އަޅުކަންކުރާ ފްރީމޭސަނުންގެ ޖަމާޢަތާއި ބައިނަލްއަޤްވާމީ ހަތިޔާރު ވިޔަފާރިކުރާ ފަރާތްތަކާއި ދުނިޔޭގެ މައިދާނުގައި އިޒްރޭލުގެ އެކި ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ބޭނުމަކީ އިސްތިރާޖީ ގޮތުން މިބައިގަނޑާއި ހަނގުރާމަކުރުމަށް މުސްލިމުން ތައްޔާރުވުމެވެ. ހަނގުރާމަވެރި ރޫޙު ނައްތާލުމުގެ ބޭނުމުގައެވެ. ބޭނުމަކީ އިސްތިރާޖީ ގޮތުން މިބައިގަނޑާއި ހަނގުރާމަކުރުމަށް މުސްލިމުން ތައްޔާރުވުމެވެ.

މި ހަޤީޤަތް ކަށަވަރުކޮށްދެނީ 2015 ވަނަ އަހަރު އިޒްރޭލުގެ ލާދީނީ ސެކިއުލާ މުލްޙިދު ދީން ޤަބޫލުނުކުރާ ޒަޔަނިސްޓް ޕާޓީގެ ތާކިހާއެޅި ޔަހޫދީ ލީޑަރު ބެޒާލެލް ސްމޮޓްރިޗް ދެއްކެވި ވާހަކައިންނެވެ. އޭނާބުނެފައިވެއެވެ. “ބައިނަލްއަޤްވާމީ ކުޅުމުގެ މައިދާނުގައި، ޑި-ލެޖިޓިމައިޒޭޝަންގެ މި ކުޅިވަރުގައި ސިކުންތުކޮޅަކަށް ވިސްނާލަމާ، ޕީއެލްއޯ އަކީ ލައިބިލިޓީ އެއް އަދި ހަމާސްއަކީ އެސެޓެއް. އެއީ ޓެރަރިސްޓް ޖަމާއަތެކެވެ. އެއްވެސް ބަޔަކު ޔޫއެން ގައި ހަމާސް ބަލައި ނުގަންނާނެ އެވެ. އައިސީސީ ގައި އެއްވެސް މީހަކު ހަމާސް އަށް މަޤާމެއް ނުދޭނެ އެވެ. ހަމާސް އަށް އދ. ހައި ގަރާރުތައް ލުމަށް އެއްވެސް ބަޔަކު ފުރުޞަތު ނުދޭނެ އެވެ. މިހާރުގެ ޙާލަތަށް ބަލާއިރު، މިއަދުގެ ޙަޤީޤަތްތަކަށް ބަލާއިރު އަޅުގަނޑުމެން މި ކުޅޭ މަރުކަޒީ ކުޅުމުގެ ދަނޑަކީ ބައިނަލްއަޤްވާމީ ދަނޑެވެ. އެތަނުގައި އައްބާސް އަޅުގަނޑުމެންނަށް ބޮޑެތި ގެއްލުންތަކެއް ދެމުން ދެ އެވެ. މިފަދަ ހާލަތެއްގައި ހަމާސް ވެގެންދާނީ އެސެޓަކަށެވެ. ހަމާސް ވެރިކަމާ ހަވާލުވާނެތީ އަޅުގަނޑުމެން ބިރުގަންނަން ޖެހޭނެހެން ހިޔެއް ނުވެ އެވެ.”

މި ވާހަކަތަކުން އެނގިގެންދަނީ، ހަމާސްއަކީ އިޒްރޭލުގެ ހަޤީޤީ ދުޝްމަނެއްގެ ބަދަލުގައި، އެމީހުންގެ ބައިނަލްއަޤްވާމީ އަދި ސިޔާސީ މަޤްޞަދުތައް ހާޞިލްކުރުމަށް ގެންގުޅޭ އެންމެ މުހިންމު އެއް ވަސީލަތް ކަމެވެ. މިކަމުގެ ސަބަބުން ފަލަސްޠީނުގެ ދައުލަތެއް އުފެދުމަށް އޮތް ހުރަސްތައް ވަރުގަދަވެ، އިޒްރޭލުގެ ނުބައި ރޭވުންތަކަށް ފުރުޞަތު ލިބިގެންދެއެވެ.

الشَّيْخ العلامة مقبل بن هادي الو ادعي رحمه الله ވިދާޅުވެފައިވެ އެވެ.


“ފަހެ ޙަމާސް ޖަމާޢަތަކީ ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތް ނަހީކުރުމުގައިވާ ޖަމާޢަތެއް ނޫނެވެ. ފަހެ، އެއީ ޙިޒްބީ ޖަމާޢަތެކެވެ. އެމީހުންނަކީ أَهْلُ السنَّة ގެ މައްޗަށް އިންކާރުކުރާ ބައެކެވެ. އެބައިމީހުންގެ ތެރޭގައި ޝީޢީން، އިޚްވާނީން، ޙިޒްބީން، (މި އެންމެހައި ވައްތަރުތަކެއްގެ މީހުންވެ އެވެ.) އެބައިމީހުންނަށް ނަޞްރު ލިބިއްޖެ ކަމުގައިވާނަމަ، އަފްޣާނިސްތާނުގައި ކަންތައް ކުރިފަދައިން، އެއްބަޔަކު އަނެއްބަޔަކުގެ ގަޔަށް ބަޑިޖަހައި އެއްބަޔަކު އަނެއްބަކަކު ޤަތުލުކުރާނެ އެވެ. ސަބަބަކީ އެބައިމީހުންނަކީ އެކައްޗެއްގެ މައްޗަށް ޖަމަޢަވެގެންވާ ބައެއް ނޫނެވެ.” تحفة المجيب على أسئلة الحاضر والغريب 9 محرم 1417ه